ސަންދައިން ބޭސް ދިނުމުގެ މަރުހަލާގައި ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުން އިތުރުކުރުމަށް އާ ނިޒާމެއް ތައާރަފްކޮށްފި އެވެ. މިއަދުން ފެށިގެން އާސަންދަ ހެލްތު ސްކީމްގެ ދަށުން ބޭސް އެއްކުރާއިރު ފޯނަށް ޔުނިކް ޑިސްޕެންޝަން ކޯޑެއް ލިބޭނެ އެވެ.
އާސަންދައިން ބުނެފައިވަނީ މި އައު ނިޒާމުގެ ދަށުން ބޭސް ނެގުމަށް އައިޑީކާޑު ހުށަހަޅައި ފޯނު ނަންބަރު ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ. އެއަށްފަހު ފޯނަށް ފޮނުވާ ޔުނިކް ކޯޑް ބޭސް ދިނުމުގެ ކުރިން ފާމަސިސްޓް އާސަންދަ ޕޯޓަލް އަށް ވަންނަން ޖެހޭނެ އެވެ.
އާސަންދައިން އިތުރަށް ފާހަގަކޮށްފައިވަނީ ޑިސްޕެންޝަން ކޯޑް ސިސްޓަމް ތަންފީޒު ކުރުމަކީ އެ ކުންފުނީގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތުގެ ބައެއް ކަމަށެވެ. މީގެ އިތުރުން އާސަންދަ ހެލްތު ސްކީމަކީ އަގުހެޔޮކޮށް ބޭސް ލިބޭނެ ގޮތް ފަހިކޮށްދޭ ސްކީމެއް ކަމަށާއި އަމާޒަކީ އިންސާފުވެރި އަގުތަކާއި ލިބޭނެ ގޮތް ކަށަވަރު ކުރުން ކަމަށް އާސަންދަ ކުންފުނިން ބުނެފައިވެ އެވެ.
މި އައު ނިޒާމަކީ މުޅި ރާއްޖޭގައި ބޭސް ދިނުމުގައި ހުރި ތަފާތުތައް ކުޑަކުރެވޭނެ ކަމެއް ކަމަށް ބެލެވެ އެވެ.