”އިންޑިއާ ކަރަންސީ ސެޓްލްމެންޓާއެކު އިމްޕޯޓާއި އިންވެސްޓްމެންޓަތަކަށް ފަސޭހަވާނެ“

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއި ކުރެވުނު ކަރަންސީ ސެޓްލްމެންޓް އެއްބަސްވުމާއެކު އިމްޕޯޓާއި އިންވެސްޓްމެންޓްތަކަށް ފަސޭހަވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމާއެކު ދެގައުމުގެ ދެމެދުގައި ދެ ގައުމުގެ ފައިސާއިން މުއާމަލާތް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. އަދި ދިވެހި ވިޔަފާރިވެރިންނަށް އިންޑިއާއިން އިމްޕޯޓު ކުރުމަށް ފަސޭހަވެ ދެގައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމެންޓްތައް އިތުރުވެގެންދާނެކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ކުރިއަށް އޮތްތާ ރާއްޖެއަށް ޒިޔާރަތް ކުރާ އިންޑިއާގެ ފަތުރުވެރިންނާއި އިންޑިއާގައި ދިރިއުޅޭ ދިވެހިންނަށް ވިޔަފާރި ކުރުމަށާއި ތަކެއްޗާއި ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

މި މަސައްކަތަކީ ދިވެހިރާއްޖޭގެ އިގްތިސޯދު ފުޅާކުރުމާއި މުހިންމު ބައިނަލްއަގުވާމީ ބައިވެރިންނާއެކު ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން މުހިންމު ފިޔަވަޅެއްކަމަށް އެ މިނިސްޓްރީން ފާހަގަ ކުރެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒު މިއަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިގްތިސޯދީ ގުޅުން ވަރުގަދަ ކުރުމަށް އެގައުމުގެ ބޮޑު ވަޒީރު ނަރެންދަ މޯދީއާއެކު މަޝްވަރާ ކުރެވި މާ ގިނަ ދުވަހެއް ނުވެ މި އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިޔުމަކީ ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އަހަރަކު ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތް ކުރެވެ އެވެ. މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި އިގްތިސޯދީ ގުޅުން ވަރުގަދަކޮށް ވިޔަފާރި އާއި އިންވެސްޓްމެންޓް އިތުރުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

ރާއްޖެ - އިންޑިއާ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ