5000 ރުފިޔާގެ އެލަވަންސްއާއެކު 54 ކުދިން ފޮސްޓަރކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބެލުމުގެ ދަށުގައިވާ 54 ކުދިން، މަހަކު 5000 ރުފިޔާގެ އެލަވަންސްއާއެކު ފޮސްޓަރކޮށްފިކަމަށް އާއިލީ ތަރައްޤީއާބެހޭ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޝިހާމް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.

އިންޓަވިއުގައި ވާހަކަދައްކަވަމުން، މިނިސްޓަރ ޝިހާމް ވިދާޅުވީ ކުދިންގެ ރައްކާތެރިކަމަށާއި، ދުޅަހެޔޮކަމަށާއި، ހެދިބޮޑުވުމަށް އެންމެ އެކަށީގެންވާ މާޙައުލަކީ ޢާއިލީ ވެއްޓެއްކަމަށް ވުމާއެކު، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އާއިލާއަށް އަނބުރާ ފޮނުވެން ނެތް ޙާލަތްތަކުގައި ފޯސްޓަރ ނިޒާމުގެ ތެރެއިން އެކުދިން ވަގުތީގޮތުން ފޯސްޓަރ ކުރުމުގެ ފުރުޞަތު ފަހިކުރުމަށް ފޮސްޓަރކުރުމުގެ އުޞޫލުތައް މި ސަރުކާރުން ކަނޑައަޅާފައިވާ ކަމަށެވެ.

މިނިސްޓްރީން ކުރިން ހާމަކޮށްފައިވާ ގޮތުގައި، ކުދިންނާ ގުޅުމެއް ނެތް ފަރާތްތަކަށް ކުދިން ފޮސްޓަރކޮށްދެނީ ވަކި ޝަރުޠުތަކަކަށް ފެތޭ ފަރާތްތަކަށެވެ. އަދި ކުއްޖާގެ ކިޔެވުމުގެ ކަންކަމާއި، ވަކި އުމުރަކަށް ދިއުމުން ކުދިންނަށް މަތީ ތަޢުލީމާއި ހުނަރު ދިނުމުގެ ޕްރޮގްރާމްތައް ހިންގައި، ވަޒީފާގެ ފުރުޞަތުތައްވެސް ދަނީ ފަހިކޮށްދެމުންނެވެ.

މިނިސްޓަރ ޝިހާމް އިތުރަށް ވިދާޅުވީ، ކުދިން ފޮސްޓަރކުރުމަށްފަހުވެސް މިނިސްޓްރީން އެކުދިންގެ ޙާލަތު ބަލައި، ޢާއިލާގައި ކުއްޖާގެ ދިރިއުޅުމުގެ ޙާލަތު މޮނިޓަރ ކުރާނެ ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމަށް ”ސްޓޭޓް ކެއަރ ސަރވިސަސް“ ގެ ނަމުގައި ޚާއްޞަ ޑިޕާޓްމަންޓެއް ސޯޝަލް މިނިސްޓްރީން ވަނީ ޤާއިމްކޮށްފަ އެވެ.

ފޮސްޓަރކުރެވޭ ކުދިން ބެލެހެއްޓުމުގެ ކަންކަން ހަމަޖެއްސުމަށް، މާލީ އެހީތެރިކަމުގެ ގޮތުގައި ދައުލަތުން ފޯރުކޮށްދޭ 5000 ރުފިޔާ ލިބޭނެ އިންތިޒާމްތައް ވަނީ ހަމަޖައްސާފައެވެ. އަދި ވަގުތީ ފޮސްޓަރިންގއަށް އަހުލުވެރި ކުރުމުުރުމުގެ ގޮތުން ސިލްސިލާ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ވަނީ މުއައްސަސާތަކާއި އާންމުންނަށް އަމާޒުކޮށްގެން މިނިސްޓްރީން ކުރިއަށްގެންގޮސްފަ އެވެ.

މިނިސްޓަރ ޝިހާމް ވިދާޅުވީ، ދެން ތިބި ކުދިންނަށް އަމާން ރައްކާތެރި ޢާއިލީ ވެއްޓެއް ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ.

އިޖުތިމާއި އަދި އާއިލީ ތަރަށްގީއާއި ބެހޭ މިނިސްޓަރ އާއިޝަތު ޝިހާމް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ