ފަތުރުވެރިކަން ތަރައްގީކުރުމަށް މި ސަރުކާރުން 11 ރަށެއް ދޫކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ފަތުރުވެރިކަން ތަރައްގީކުރުމަށް މި ސަރުކާރުން 11 ރަށެއް ދޫކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިއްޔެ ރޭ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވީއްސުރެ މިހާތަނަށް ގާތްގަނޑަކަށް 25 ރަށް ފަތުރުވެރިކަމަށް އަލަށް ހުޅުވާލައިފައިވާ ކަމަށާއި، އޭގެ ތެރެއިން 11 ރަށެއް ވަނީ ދޫކޮށްފަ އެވެ. މިއީ ގާތްގަނޑަކަށް 385 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކަމަށާއި، އެވޯޑު ލެޓަރ ހަވާލުކޮށްފައިވާ ބައެއް ތަންތަނުން މިހާރު ފައިސާ ދައްކާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެއިތުރުން، ފަތުރުވެރިކަމުގެ ސިނާޢަތަށް 53 އަހަރު ވެފައިވާއިރު އެ ސިނާޢަތް އަދިވެސް މުޅި ރާއްޖެއަށް ފުޅާވެފައިނުވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން، ކޮންމެ އަތޮޅަކަށް ވަކިން މާސްޓަރ ޕްލޭނެއް ހަދައި، އެ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް މާކެޓިންގ ޕްލޭނެއްވެސް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި މަސައްކަތްތަކުގެ ސަބަބުން ފަތުރުވެރިކަމުގެ މަންފާ މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ކަމަށް އުންމީދުކުރެވެ އެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ