ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ކުރިޔަސް ކަންބޮޑުވުމެއް ނެތް: އަބްދުއްރަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާދަ ކުރެއްވިޔަސް އެއްވެސް ކަންބޮޑުވުމެއް ނެތްކަމަށް ކޮންގްރެސް ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ގެންދިޔަ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައި މީގެ ކުރިން ހުންނެވި އަބްދުއްރަހީމް ވިދާޅުވީ ޝަރުތު ހަމަވާ ކޮންމެ ބޭފުޅަކަށްވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށާއި ރައީސް ޔާމީންވެސް ޝަރުތު ހަމަވާނަމަ އެ ފުރުސަތު އޮންނާނެ ކަމަށެވެ. ރައީސް ޔާމީނާއި އަބްދުއްރަހީމްގެ ގުޅުން ހީނަރުވެގެން ދިޔައީ މިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިކުންނެވި ހިސާބުން އުފެދުނު މައްސަލަތަކެއްގަ އެވެ.

އަޅުގަނޑުމެންގެ އެއްވެސް އަނެއްހެން ކަންބޮޑުވުމެއް ނެތް ރައީސް ޔާމީން ކުރިމަތިލެއްވުމަކުންނެއް.

ރައީސް ޔާމީން އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތިލެއްވުމަކީ ޕީއެންސީއަށް އޮތް ގޮންޖެހުމެއްތޯ ބުނަން އަދި މާ އަވަސްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން އެ އިންތިހާބުގެ ކުރިއަށް އަދި 4 އަހަރު އެބަ އޮތް ކަމަށާއި އަންނަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ކުރިމަތިލައްވާއިރު އެމަނިކުފާނަށް އޮންނަ ތާއީދު މިހާރަށް ވުރެ އިތުރުވެގެން ދާނެކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން މިހާރު އިއުލާން ކުރައްވަފަ އެވެ. ރައީސް ޔާމީންގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ހާމަ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސް އަބްދުﷲ ޔާމީން އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ