ފުރުގާން މިސްކިތަށް ގެންލުންދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ، ފުރުގާން މިސްކިތަށް ގެއްލުންދީފައިވާ މައްސަލައެއް މިއަދު ފަތިހުގެ ވަގުތެއްގައި ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އެހެން ނަމަވެސް ފުލުހުން މިކަމައި ގުޅޭ އިތުރު މައުލޫމާތެއް ހާމަކޮސްފައެއްނުވެ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މީގެ ކުރިންވެސް އެކި މިސްކިއްތަކަށް ގެއްލުން ދިން މައްސަލަތަކެއް ފުލުހުން ބަލާފައިވެ އެވެ. އެގޮތުން މިސްކިތުން ތަކެތި ވަގަށް ނެގުމާއި ތަކެއްޗަށް ގެއްލުން ދިނުން ފަދަ މައްސަލަތައް ފުލުހުން ތަހުގީގުކޮށްފައިވެ އެވެ.