ޕްރައިމަރީއެއް ނުބާއްވާނަން، 2028 ގެ ކެންޑިޑޭޓަކީ ރައީސް މުއިއްޒު: އަބްދުއްރަހީމް

Advertisement

Advertisement

އެންމެ ފަސް

Advertisement

ވެރިކަންކުރާ ކޮންގްރެސް ޕާޓީން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ޕްރައިމަރީއެއް ނުބާއްވާނެ ކަމަށް އިއުލާނުކޮށްފި އެވެ.

މިކަން ހާމަކުރެއްވީ ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިހާބަށް ފަހު ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، ހިނގަމުންދާ ވެރިކަމުގައި ޕީއެންސީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ނަމަ، އެ ބޭފުޅަކަށް ޕްރައިމަރީއަކާ ނުލައި ދެވަނަ ދައުރަކަށް ވެސް ޓިކެޓު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބުނަނީ ޕީއެންސީގެ ޓިކެޓުގައި ނިކުމެވަޑައިގެން ރާއްޖޭގެ ވެރިކަމަށް އަންނަވާ ބޭފުޅަކު އެ މަގާމުގަ ހުންނަވާ ދެވަނަ ދައުރަކަށް ކުރިމަތިލައްވަން ބޭނުންފުޅު ވަންޏާ ރިޔާސީ ޕްރައިމަރީ އަކާ ނުލާ އެ ޓިކެޓު އެ ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށް.

މި އުސޫލުގެ ދަށުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓަކަށް ވެގެންދާނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށް އަބްދުއްރަހީމް ކަށަވަރުކޮށްދެއްވި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލްވެސް ވަނީ އެ އިންތިހާބުގައި ވާދަ ކުރައްވާނެކަން ހާމަ ކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮންގްރެސް ޕާޓީ އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ