އަންނަ އަހަރުގެ ދީނީ ހޭލުންތެރިކުރުމުގެ ޕްލޭންގައި އެންމެ އިސްކަމެއް ދެއްވާނީ ނަމާދުކުރަން އަހުލުވެރިކުރުވުމަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވެފައި ވަނީ، ފެސްބުކުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި، 2025 ވަނަ އަހަރު ހުރިހާ ސަރަހައްދެއްގައި، ހުރިހާ އުމުރުފުރައަކަށް އަމާޒުކޮށް ނަމާދަށް އަހުލުވެރިކުރުވުމާއި، ނަމާދަށް ލޯބި ޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތަކީވެސް ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމްދީނަށް ލޯބި ޖައްސައި، ދީނުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ މުޖުތަމައެއް ބިނާކުރެއްވުމެވެ.
މީގެ ކުރިން ރައީސް ވަނީ، ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށާއި، ނަމާދުގެ ޖަމާއަތްތައް ބައިބޯވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް