4000 ފްލެޓްގެ ކޮމާޝަލް ޖާގަތަކަށް ކުރިމަތިލާން ހުޅުވާލަނީ

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލެ ފޭސް 2 ގައި ތަރައްގީ ކުރަމުންދާ 4،000 ފްލެޓްގެ ޓަވަރުތަކުގެ ވިޔަފާރި ޖާގަތަކަށް އަންނަ ހަފްތާގައި އެޕްލިކޭޝަން ހުޅުވާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފި އެވެ.

އެ ކޯޕަރޭޝަނުން އިއްޔެ ބުނީ 32 ޔުނިޓުގައި 127 ވިޔަފާރި ޖާގަ ހުންނާނެ ކަމަށެވެ. މީގެ ތެރޭގައި ރީޓެއިލް ފިހާރަތަކާއި ސުޕަމާކެޓްތަކާއި ހައިޕަރމާކެޓްތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ކްލިނިކްތަކާއި އޮފީސް ޖާގަތައް ހިމެނޭ ކަމަށް ބުންޏެވެ. އަދި މޭވާއާއި ތަރުކާރީ ބާޒާރުގެ ޖާގަތައް ވެސް ލިބޭނެ ކަމަށް ބުންޏެވެ.

މި ޖާގަތައް ހުންނާނީ 580-6،200 އަކަފޫޓާ ދެމެދުގެ މިންވަރަކަށެވެ. އެފްޑީސީން ބުނީ ޖާގަ ބޭނުން ކުރާ މިންވަރަށް ބަލާފައި އިތުރު ޖާގައެއް ވެސް ދޭނެ ކަމަށެވެ. މި ޖާގަތަކުގެ އަގުތައް ހުންނާނީ ސްޓޭންޑަޑް މާކެޓް ރޭޓްތަކުގަ އެވެ. އެގޮތުން އެންމެ ކުޑަ ޖާގައެއް  30،000 ރުފިޔާގެ މަގުން ނެވެ.

އެފްޑީސީން ބުނީ ޖާގަތައް ކުއްޔަށް ދޫކުރާނީ ހަ ޒޯން ކެޓަގަރީއަކަށް ބަހާލައިގެން ކަމަށާއި، ފުރަތަމަ ޒޯން ކުއްޔަށް ދިނުމަށް ހުޅުވާލާނީ އަންނަ ހަފްތާގައި ކަމަށެވެ. މީގެ ތެރޭގައި 18 ވިޔަފާރި ޖާގަ ހިމެނެ އެވެ.

އެފްޑީސީން އަޅަމުންދާ 4،000 ފްލެޓުގެ 32 ޓަވަރުގެ ކޮންމެ ޓަވަރެއްގެ ގްރައުންޑް ފްލޯގެ ބަޔަކާއި ފުރަތަމަ ފަންގިފިލާ ވިޔަފާރިތަކަށް ހާއްސަކުރާނެ އެވެ.

އެ ކޯޕަރޭޝަނުން ބުނީ ވިޔަފާރި ޖާގަތަކުގެ މައިގަނޑު ބޭނުމަކީ ޓަވަރުތަކުގައި މީހުން ދިރިއުޅެން ފެށުމުގެ ކުރިން ކައިރީގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ. އެފްޑީސީން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކުގައި މީހުން ދިރިއުޅެން ފެށުމުން ގާތްގަނޑަކަށް 30،000 މީހުން އެ ފްލެޓްތަކުގައި ދިރިއުޅޭނެ އެވެ.

މި ފުރުސަތަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފުރުސަތެއް ކަމަށާއި، ސްޓާޓްއަޕްތަކަށް އިސްކަންދޭނެ ކަމަށް އެފްޑީސީން ބުނެއެވެ.

ހުޅުމާލެ ހުޅުމާލެ ފޭސް 2 ފަހި ދިރިއުޅުން ކޯޕަރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ