މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ މުވައްޒަފެއްގެ ޒާތީ މައުލޫމާތު ސޯޝަލް މީޑިއާގައި ލީކުވި މައްސަލަ ބަލަމުން އަންނަ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފި އެވެ.
އެމްއެމްއޭގެ އިސް އޮފިޝަލަކުގެ އަމިއްލަ މަސައްކަތާ ގުޅުން ހުރި ތަފްސީލުތައް މި ހަފްތާގައި ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ކަމަށް ވެސް އެމްއެމްއޭއިން ބުނެ އެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން އިއްޔެ ބުނީ އެ އޮތޯރިޓީން މަސައްކަތް ކުރަނީ އެ އޮތޯރިޓީގެ މުވައްޒަފުންގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމަށް ކަމަށެވެ.
އެހެންކަމުން މި މައްސަލަ ހިނގި ގޮތް އެމްއެމްއޭގެ އިންޓަރނަލް އޮޑިޓުން ބަލަމުންދާނެ ކަމަށް ބުނެފައި ވެއެވެ.
ތަހުގީގުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަންނީ އެހީތެރިކަން ވެސް ހޯދާފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.