ރާއްޖެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފަށައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެ އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ފަށައިފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ. މިނިސްޓަރ ޒަމީރު މިހެން ވިދާޅުވެފައިވަނީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ހާއްސަ އިންޓަވިއުއެއްގަ އެވެ.

އިންޓަވިއުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒަމީރު ވިދާޅުވީ، ރާއްޖެއަކީ މި ސަރަހައްދުގައި އިސްލާމިކް ފައިނޭންސްގެ ހަބަކަށް ހެދުމަށް މި ސަރުކާރުން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މިކަމަށްޓަކައި އިސްލާމިކް ފައިނޭންސްއަށް ހާއްސަ ޑިޕާޓްމަންޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރުން، ރެގިއުލޭޓަރީ ޝަރުޠުތަކާ އެއްގޮތަށް ލަފާދޭ ކޮމިޓީއެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އިސްލާމީ މާލީ ވަސީލަތްތައް ފުޅާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ. އަދި ސަރުކާރުން ފުރަތަމަ ފަހަރަށް އިސްލާމިކް ސެކިއުރިޓީޒް ނެރުމަށް ތައްޔާރުވަމުންދާ ކަމަށާއި، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (ސީއެމްޑީއޭ) އިން ފާސްކުރި ފުރަތަމަ ލިސްޓްކޮށްފައިވާ އަދި ސަރުކާރު ހިއްސާވާ ސުކޫކް މިހާރު ދޫކުރުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ޒަމީރު ކަށަވަރުކޮށްދެއްވި އެވެ.

މިނިސްޓަރ ޒަމީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްލާމިކް ފައިނޭންސްއާ މެދު އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މުހިންމު ކަމެކެވެ. އަދި މިކަމަށްޓަކައި ސަރުކާރުން އެކި ގޮތްގޮތުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ކުރާނެ ކަމަށާއި، އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖެއަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވެސް މިނިސްޓަރ ޒަމީރު ވިދާޅުވި އެވެ.

މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ