ސްޓެލްކޯއިން އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު ނިންމައި، ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ އޮތް މަސްފެންގަނޑުގެ މަރާމާތުގެ މަސައްކަތް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ނިންމައި، މިއަދު އިސްލާމިކް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.

މަސްފެންގަނޑު ނިންމައި މިނިސްޓްރީއާ ހަވާލުކުރުމަށް މިއަދު އެ ސަރަހައްދުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި އެ ކުންފުނީގެ މަސައްކަތުގައި އުޅުނު މުވައްޒަފުންނާއި، އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސަޢީދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ހަފްލާގައި މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، ސައްތައިންސައްތަ ދިވެހިން މަސައްކަތް ކުރަމުންދާ އެ ކުންފުނީގެ މުވައްޒަފުން ގައުމީ އަދި ދީނީ ތަރިކަތައް ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާ ކަމަށެވެ. އަދި އެތަނުގެ މަރާމާތުގެ މަސައްކަތް ފެށީ އެ ލޭންޑްމާކްގެ ރީތިކަން އަނބުރާ ގެނައުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހިންގެ ތަރީހާއި ސަގާފަތާއި ގުޅޭ އެތަން ރައްކާތެރިކަމާއެކު ދެމެހެއްޓުމަކީ އުއްމީދުކަމަށް.

އިސްލާމީ މަރުކަޒު ހުޅުވިތާ 40 އަހަރު ފުރުން ފާހަގަކުރުމާ ގުޅިގެން، މަސްފެންގަނޑު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން މިދިޔަ މަހު ފުރުސަތު ހުޅުވާލުމާ ގުޅިގެން، ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮޖެކްޓެއްގެ ގޮތުގައި އެ މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާފަ އެވެ.

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީގައި އޮންނަ މި މަސްފެންގަނޑަކީ މީގެ 40 އަހަރު ކުރިން އެ މިސްކިތް ހުޅުވުނުއިރުވެސް ހަދާފައިވާ ތަނެކެވެ. މި މަސްފެންގަނޑު މަރާމާތުކޮށް އައު ސިފައެއް އައު ސިފައެއްގައި ހެދުމަކީ އިސްލާމީ މަރުކަޒުގެ ތާރީޚީ މުހިންމުކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި އިސްލާމިކް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

މި މަޝްރޫޢުގެ ދަށުން މަސްފެންގަނޑުގެ ފެންވަރު ރަނގަޅުކޮށް، ފެން ސާފުކުރާ ނިޒާމު އަޕްގްރޭޑްކޮށް، އަދި ރޭގަނޑު ވަގުތުތަކުގައި ފެންނަ ގޮތަށް ލައިޓިންގ ސިސްޓަމެއް ވެސް ވަނީ ހަރުކޮށްފަ އެވެ. މީގެ އިތުރުން، މަސްފެންގަނޑުގެ ވަށައިގެންވާ ސަރަހައްދު ޒީނަތްތެރިކޮށް، ނަމާދަށް އަންނަ ފަރާތްތަކަށް އިތުރު ހިތްހަމަޖެހުމެއް ލިބޭނެ ގޮތަށް ވަނީ ފަރުމާކޮށްފަ އެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ