މަޝްރޫއުތަކުގެ ތަފުސީލު ދިނުމަށް ޝަރުތުކޮށް ބަޖެޓް ކޮމިޓީން ފާސްކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ކުރިއަށް ގެންގޮސްފައިވާއިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަނީ ބަޖެޓަށް އިސްލާހުތަކެއް ހުށަހަޅުއްވާފަ އެވެ.

އެގޮތުން ހުށަހަޅުއްވާފައިވަނީ މަޝްރޫއުތަކުގެ ތެރެއިން އަމަލީ މަސައްކަތް ފަށާ މަޝްރޫއުތަކާއި އެ މަޝްރޫއުތައް ބެހިފައިވާ ގޮތް އެނގޭނެ ގޮތުގެ ލިސްޓެއް ފެބްރުއަރީގެ ނިޔަލަށް މަޖިލީހަށް ހުށަހެޅުއްވުމަށެވެ. އަދި މިހާރު ސޮއިކޮށްފައިހުރި މަޝްރޫއުތަކުގެ ތެރެއިން ހިންގާނެ އަދި ނުހިންގޭނެ މަޝްރޫއުތައް އެނގޭނެ ގޮތަށް މާޗުގެ ކުރިން މަޖިލީހަށް ހުށަހެޅުމަށާއި މިހާރު ކުރިއަށްދާ މަޝްރޫއުތަކުގެ ސްޓޭޓަސް ރިޕޯޓެއް ކޮންމެ ކުއާޓާއެއްގައި މަޖިލީހަށް ހުށަހެޅުމަށް ހުށަހެޅުއްވި އެވެ.

2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.
2025 ވަނަ އަހަރުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފައިވާއިރު ދެން ބަޖެޓް ދާނީ މަޖިލީހުގެ ތަޅުމަށެވެ. އަދި މެންބަރުން ބަޖެޓަށް ބަހުސް ކުރެއްވުމަށްފަހު ބަޖެޓް ފާސްކުރުމާ ގުޅޭގޮތުން މަޖިލީހުގައި ވޯޓަށް އަހާނެ އެވެ.

ރައްޔިތުންގެ މަޖިލިސް ދައުލަތުގެ ބަޖެޓް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ