ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ގަނެވިއްކާ ބާޒާރެއްނަމަ ގައުމުގެ ތަރައްގީ ހާސިލެއް ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ނާޒިމް މިގޮތަށް ވިދާޅުވެފައިވަނީ މިއަދު މަޖިލީހުގައި ބޭއްވުނު ޖަލްސާގައި، ގާނޫނު އަސާސީއަށް ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ބިލަށް ބަހުސް ކުރައްވަމުން ނެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން އެންޓި ޑިފެކްޝަން ގާނޫނުގެ ގޮތުގައި ފާސްކުރި ގާނޫނަކީ ގާނޫނު އަސާސީގެ ބެލެނިވެރިކަން ލިބިފައި އޮތް ގާނޫނެއް ނޫނެވެ. އަދި އެ ގާނޫނަކީ އެއްވެސް ދަތެއް ނެތް ސިންގާއެއްގެ ގޮތުގައި ސިފަކުރެވިދާނެ ގާނޫނެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
”ސަބަބަކީ މަޖިލީހުގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާން ކޮށްފައި އޮތްއިރު އޭގެއިން ހާލަތަކަށް ބައްދަލު ނުވާގޮތަކަށް ގާނޫނު އޮތީ. އެު އޮތީ. އެ ގާނޫނު ނެތް ބާރު ލިބިދީފަކައެއް ގާނޫނު އަސާސީގެ ހިޔާވެހިކަން ލިބިދީފަކައެއް،“ ނާޒިމް ވިދާޅުވި އެވެ.
މިހާރު މަޖިލީހަށް ހުށަހެޅިފައިވާ އިސްލާހަށް އެމްޑީޕީގެ މެންބަރުން އެއްބަސްނުވާކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވީ އެކަން އެގޮތަށް ވަނީ އެ ޕާޓީއަކީ، ޕާޓީގެ މަތީފަންތީގައި ތަޅާ ފޮޅުމާއި ބައިބައިވުން އުފެދި، އަބަދުވެސް އިތުބާރު އެމީހުންގެ ތެރޭގައި ނޯންނަ ޕާޓީއަކަށްވުމުން ކަމަށެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، މި ގައުމު މިހާރަށް ވުރެ ރަނގަޅު ހިސާބަކަށް ގެންދާ ނަމަ މި މަޖިލީހުގެ ތެރޭގައި އިތުބާރާއި ޔަގީންކަން ގާއިމުކުރަން ޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް