މާލެއަށް ރަޖިސްޓްރީކުރި ހަތަރު ފުރޮޅުލީ އުޅަނދުގެ ނިސްބަތް 74.1 އިންސައްތައިން ދަށްވެއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލޭ ސަރަޙައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1 އިންސައްތަ ދަށްވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރި ގޮތުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން ނޫންގޮތަކަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުން މިހާރު ވަނީ ނިމުމަކަށް ގެނެވިފަ އެވެ. އަދި މީގެ އިތުރުން، ގަރާޖުގެ ސައްހަކަން ކަށަވަރށަވަރުކުރުމުގެ މުހިންމު މަސައްކަތްވެސް މިނިސްޓްރީން ވަނީ ފަށާފަ އެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރުގެ އޮކްޓޫބަރު 31 އާ ހަމައަށް މާލޭ ސަރަހައްދަށް ރަޖިސްޓަރީ ކުރެވުނު ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތް 74.1% އިން މިހާރު ދަށްވެފައިވެ އެވެ. ހަމައެހެންމެ، ދެފުރޮޅުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ނިސްބަތްވެސް 8.1% ވަނީ މަދުވެފަ އެވެ.

މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގައި ގާނޫނާއި ގަވާއިދުގެ ތެރެއިން މިނިސްޓްރީގެ ޒިންމާ އަދާކުރުމަށާއި އަދި އުސޫލުން ބޭރުން ރަޖިސްޓަރީ ވަމުންދިޔަ ދިޔުން ނިމުމަކަށް ގެނައުން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

މި ފިޔަވަޅުތަކުގެ ސަބަބުން މާލެ ސަރަހައްދަށް އެއްގަމު އުޅަނދު އިތުރުވަމުން ދިޔަ މިންވަރު ވަނީ ވަރަށް ބޮޑުތަނުން ދަށްވެގެން ގޮސްފަ އެވެ. އަދި މިއީ މާލޭގެ ޓްރެފިކް ޙާލަތު ރަނގަޅުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މިނިސްޓްރީން ސިފަކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ