ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ”ބޮޓުން“ ކަމަށް ދޭހަވާގޮތަށް ވާހަަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެދިވަޑައިގެންފި އެވެ.
މަޖިލިސް ރައީސް އަބްދުއްރަހީމް މިފަދައިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައ،ި އިސްރާއީލްގެ ޕާސްޕޯޓްގައި ދިވެހިރާއްޖެ އެތެރެވުން މަނާކުރުމަށް ހުށަހަޅާފައިވާ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ ބަހުސް ކުރިއަށްގެންދިޔައިރު، މެންބަރު މީކާއިލް އަހުމަދު ނަސީމް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެގޮތުން މެންބަރު މީކާއިލް ވިދާޅުވީ މަޖިލީހުގެ މެންބަރުން ކޮންޓްރޯލް ކޮށްް މަޖިލީހުގެ އެޖެންޑާއަކީ ރައީސް އޮފީހުން ދޭ އެއްޗަކަށް ހެދުން ހުއްޓާލަން ޖެހޭ ކަމަށެވެ.
މީކާއިލް މިފަދައިން ވިދާޅުވުމުން މަޖިލިސް ރައީސް އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުންނަކީ ބޮޓުން ކަމަށް ދޭހަވާ އިބާރާތުން ވާހަކަ ދެއްކުމަކީ މެންބަރުންގެ ގަދަރާއި އިއްޒަތަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ވާހަކަ ނުދެއްކުމަށް އެދިވަޑައިގަތެވެ.
ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިޒްރޭލު ޕާސްޕޯޓް މެންބަރު މީކާއިލް ނަސީމް