ގިނަ ކުދިން ޓީޗަރުުކަން ކިޔަވަން ބޭނުންނުވަނީ ގިނަ ވަގުތު ސްކޫލުގައި ހޭދަކުރަން ޖެހޭތީކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރ މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.
”ޖަވިޔަނި“ އަށް މައުލޫމާތުދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރައްވާ ދަތުރުތަކުގައްޔާއި މާލޭގައި ކިޔަވާ ކުދިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވާއިރު، ވަރަށް ގިނަ ކުދިން ޓީޗަރުންނަށް ވާން ބޭނުންނުވާ ކަމަށް ފާހަގަކުރެވެ އެވެ. އޭގެ މައިގަނޑު ސަބަބަކީ ޓީޗަރުންގެ ގޮތުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތާ އެއްވަރުގެ މުސާރައެއް ނުލިބޭ ކަމަށް އެ ކުދިން ދެކޭތީ އެވެ.
ނަމަވެސް، މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ބައެއް ކުދިން ޓީޗަރުންނަށް ވާން ބޭނުންވެ އެވެ. އެ ކުދިން ދެކޭ ގޮތުގައި ޓީޗަރުން މަދުވަމުންދާތީ، ކޮންމެވެސް އެއްބަޔަކު ޓީޗަރުންނަށް ވާން ޖެހެއެވެ. މިނިސްޓަރ ވިދާޅުވި ގޮތުގައި މި ކުދިން ޓީޗަރުންނަށް ވާން ބޭނުންވަނީ ޤައުމަށް ފައިދާހުރި ކަމެއް ކުރުމަށާއި، ޓީޗަރުންނަށް ލިބޭ ގިނަ ޗުއްޓީތަކަށް ޝައުޤުވެރިވާތީ އެވެ.
”އެކުދިން ޓީޗަރުންނަށް ވާން ބޭނުމީ ގައުމަށް ފައިދާހުރި ކަމެއް ކުރުމަށް، އަދި ޓީޗަރަކަށް ވުމުން އެކުދިން ދެކޭގޮތުގައި ވަރަށް ޗުއްޓީތަށްވެސް ގިނަ.“
މީގެއިތުރުން، މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ޓީޗަރުންގެ ގޮތުގައި މަސައްކަތްކުރަނީ ގިނައިން އަންހެން ކުދިންނެވެ. އެހެން ދާއިރާތަކުން ކިޔަވަން ބޭނުންވާ ފިރިހެން ކުދިން ވަރަށް މަދުކަން ފާހަގަކުރައްވައި، މިއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި މައްސަލައިގެ އަސްލު ދެނެގަތުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ދިރާސާއެއް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް