ބޭހުގެ އަގަށް ގެނައި ބަދަލަށް ޕްރައިވެޓް ސެކްޓާގެ އެއްބާރުލުން ލިބޭ: ހީނާ

Advertisement

Advertisement

އެންމެ ފަސް

Advertisement

އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރާ 250 ބޭހުގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން ޕްރައިވެޓް ސެކްޓާ އިން އެއްބާރުލުން ދޭ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއަށް މިއަދު ހާޒިރުވެވަޑައިގެން ހީނާ ވިދާޅުވީ، ބޭހުގެ އަގު ދުނިޔޭގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު ރާއްޖޭގައި މި ހުރީ 15 ގުނަ މަތީގައި ކަމަށެވެ. މި މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ބޭހުގެ ބަލްކް ޕްރޮކިއުމަންޓް ނިޒާމުގެ ދަށުން އާންމުކޮށް ދިވެހީން ބޭނުންކުރާ ބޭސްތައް އަގުހެޔޮކޮށް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.

ހީނާ ވިދާޅުވީ 250 ބޭހެއްގެ އަގަށް ގެނެވުނު ބަދަލާ ގުޅިގެން ޕްރައިވެޓް ސެކްޓާއިން އެއްބާރުލުން ދޭ ކަމަށާއި އަގާ މެދު ހިޔާލު ތަފާތުވުން އުޅެނީ މަދު ބޭހެއްގައި ކަމަށެވެ.

އަގު ކުޑަކުރި 250 ބޭހުގެ ތެރެއިން 87 ބޭހުގެ އަގު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ކުޑަކޮށްފަ އެވެ. އަދި ބާކީ 126 ބޭހުގެ އަގު މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކުޑަކުރާނެ ކަމަށް ސަރުކާރުން ވަނީ އިއުލާނުކޮށްފަ އެވެ.

ހީނާ ވިދާޅުވީ، ގިނަ ބޭސްތައް އަމިއްލަ ފަރާތްތަކުން ވެސް ހެޔޮ އަގުގައި ވިއްކާ ކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން އެ އަގުގައި ބޭސް ވިއްކުމަށް އިއުތިރާޒުކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އެ ފަރާތްތަކުން ވެސް އެ އަގުގައި ބޭސް ވިއްކުމަށް ހީނާ ވަނީ އެދިވަޑައިގެންފަ އެވެ.

މި ބަދަލާ އެކު 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ހީނާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އާސަންދަ ރިފޯމްކުރުމަށް މިހާރު ފަށާފައިވާ މަސައްކަތާއެކު މިހާރު އާސަންދަ ދޫކުރާނީ ޕްރައިވެޓް އިންޝުއަރެންސުން ކެނޑުމަށް ފަހު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ހީނާ ވަލީދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާސަންދަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ