މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތަކުން 39 ބިދޭސީން އަތުލައިގެންފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މާލެ މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 ބިދޭސީން އަތުލައިގެންފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން ވަނީ މިއަދު މި ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެނެވިފައިވާ ކަމަށެވެ.

މާލެ ސަރަޙައްދުގެ މަސް ބޯޓުތަކުގައި ޤަވާޢިދާއި ޚިލާފަށް އުޅުނު 39 ބިދޭސީން އަތުލައިގެންފަވާއިރު ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތުގައި މިއަހަރު ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލުކޮށްފައިވާ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި މޯލްޑިވްސް އިމިގްރޭޝަނުން ކުރިއަށް ގެންދެވި މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝަމްޢާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ޙައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިރުޝާދުދެއްވާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން މި އަހަރަށް ޢަމާޒު ކަނޑައެޅީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާއި ހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީން ހިމެނޭގޮތަށް 5000 ބިދޭސީން އަނބުރާ ފޮނުވާލުމަށް ކަމަށް ޝަމްއާން ވިދާޅުވި އެވެ. އަދި ސަރުކާރުން ކަނޑައެޅުއްވި ޢަމާޒާއި އެއްގޮތަށް، މިހާތަނަށް 5000 ބިދޭސީން ރާއްޖެއިން އަނބުރާ ފޮނުވާލާފައިވާ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން ރެކޯޑް އަދަދަކަށް ގައުމަށް އަނބުރާ ފޮނުވާލާފައިވާއިރު، އެތެރޭގައި ގަވާއިދާއި ހިލާފަށް އެކިއެކި ވިޔަފާރިތައް ކުރަމުންދިޔަ ބިދޭސީން ގިނަކަމަށް ޝަމްއާން ވިދާޅުވިއެވެ. އަދި އަންނަ އަހަރު މި އޮޕަރޭޝަން އިތުރަށް ފުޅާކުރައްވާނެ ކަމަށްވެސް ޝަމްއާން ވިދާޅުވި އެވެ.

ޤަވާއިދާއި ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ފޮނުވާލުމުގެ އިތުރުން ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ތަފްސީލީ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ބައޯމެޓްރިކްސް ހިމެނޭހެން 10000 ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ.

ބިދޭސީންގެ މައްސަލަ އިމިގްރޭޝަން

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ