ވިއްސާރައިގައި ފެން ބޮޑުވުމުން އެހީތެރިވާން ސްޓެލްކޯގެ އޮމަދޫ ގޮފިން ދެއްކި ނަމޫނާއަށް ފަހުމީގެ ތައުރީފު

Advertisement

Advertisement

އެންމެ ފަސް

Advertisement

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވުމުން އެހީތެރިވާން ސްޓެލްކޯގެ އޮމަދޫ ގޮފިން ދެއްކި ނަމޫނާއަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އެމްޑީ ހުސައިން ފަހުމީ ތައުރީފު ކުރައްވައިފި އެވެ.

ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިގޮތަށް ވިދާޅުވީ އދ. އޮމަދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓެއް ހިމަނައިގެން ނެވެ.

އޮމަދޫ ކައުންސިލުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ވަނީ ސްޓެލްކޯގެ މުވައްޒަފުން ނިކުމެ ރަށުގެ ފެންބޮޑުވާ މަގުތަކުގައި ފެންހިންދުމުގެ ގޮތުން ޖަންކްޝަން ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މިކަމަށްޓަކައި ކައުންސިލުން ވަނީ ސްޓެލްކޯގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

އެ ޕޯސްޓުގައި ފަހުމީ ވިދާޅުވީ ކަރަންޓް ފޯރުކޮށްދިނުމުގެ އިތުރުން މުޖުތަމައުއަށް އެހީތެރިވުމަކީ ސްޓެލްކޯގެ އަމާޒެއް ކަމަށެވެ. އެހެންކަމުން އޭނާ ވަނީ ސްޓެލްކޯގެ މުވައްޒަފުން ގައުމު ދެކެ ލޯބިވާ ބައެއްކަން ފާހަގަކުރައްވަމުން އެކަމަށްޓަކައި އޮމަދޫގައި މަސައްކަތްކުރާ ސްޓެލްކޯ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފެންބޮޑުވުމާއި ގުދުރަތީ ކާރިސާ އާއި މުޖުތަމައުއަށް ދިމާވާ ބައެއް ދަތި ވަގުތުތަކުގައި ސްޓެލްކޯގެ މުވައްޒަފުން ދެއްކި އޯގާތެރިކަމާއ ހިތްމަތްތެރިކަމާއި ޒިންމާދާރުކަން ސްޓެލްކޯއިން ފާހަގަކުރި އެވެ. މިއީ ރައްޔިތުންގެ ލާބައަށްޓަކައި ސްޓެލްކޯގެ މުވައްޒަފުން ބަހައްޓާ އިހްލާސްތެރިކަން ދޭހަވާ ކަމުގެ ހެއްކެއްގެ ގޮތުގައި ފަހުމީ ސިފަކުރައްވާފައި ވެއެވެ. ގައުމަށް ބޭނުން ޖެހޭ ހާލަތެއްގައި ސްޓެލްކޯއަކީ އެއްބާރުލުން ދޭ ތަނބެއްގެ ގޮތުގައި ތިބި ބައަކަށްވުމަކީ ކުންފުނީގެ އެއް މިޝަން ކަމަށް ފަހުމީ ވިދާޅުވި އެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު މިއަހަރުގެ މޭ މަހު އއ. ތޮއްޑޫގައި ކޮޅިގަނޑެއްގައި ޖެހުނު ކުދިންތަކެއްވެސް ސްޓެލްކޯގެ މުވައްޒަފުން ވަނީ ސަލާމަތްކޮށްފަ އެވެ. މި ހާދިސާގައިވެސް ސްޓެލްކޯ މުވައްޒަފުން ދެއްކި ހިކުމަތްތެރިކަމަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.

އދ. އޮމަދޫ ކައުންސިލު ސްޓެލްކޯ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ފަހުމީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ