ކާރެއް ތެރޭގައި މީހަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހުޅުމާލޭގައި ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އަނިޔާކޮށް ބިރުދެއްކުމުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ފަސް މީހުން ދޫކޮށްލައިފި އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ފަސް މީހުންގެ ތެރޭގައި ހިމެނެނީ؛

  • ތޮލާލު މޫސާ (37 އަހަރު، މާލެ)
  • ހުސާމް އިބްރާހިމް (34 އަހަރު، ރަތްބަގީޗާގެ / ހދ. ކުމުންދޫ)
  • އާދަމް ޝަރީފް (36 އަހަރު، ރަތްބަގީޗާގެ / ހދ. ކުމުންދޫ)
  • ހުސެއިން ހައިކަލް ނިޔާޒް (23 އަހަރު، ގ. ކަޅަގާރިމާގެ)
  • އަހުމަދު ރިޝްފާން (26 އަހަރު، ހުޅުމާލެ)

ފުލުހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ނޮވެމްބަރު 12 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގަ އެވެ. ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، އޭނާއަށް އަނިޔާކޮށް ބިރުދައްކާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހާގެ އާއިލާގެ މީހުންނަށް ގުޅައިގެން ފައިސާއަށް ޑިމާންޑުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެ އެވެ.

މި މައްސަލާގައި ފުރަތަމަ ހައްޔަރުކުރެވުނީ 37 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭގެ ފަހުން، އިތުރު ހަތަރު މީހަކު ވެސް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވެ އެވެ.

މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އެ އެންމެން ވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވީ ނަމަވެސް، މިހާރު އެ ފަސް މީހުން ވަނީ ދޫކޮށްލާފަ އެވެ. އެހެންނަމަވެސް، އެ މީހުން ދޫކޮށްލި ސަބަބެއް މި ވަގުތު އެނގެން ނެތެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ