ޔޫއޭއީ އަދި ތައިލޭންޑުން އާސަންދަ ހަމަޖެހުމުގެ މަސައްކަތް ފަހު މަރުހަލާގައި

Advertisement

Advertisement

އެންމެ ފަސް

Advertisement

އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަދި ތައިލޭންޑުގެ ހޮސްޕިޓަލްތަކަކުން އާސަންދަ ލިބޭ ގޮތް ހެދުމަށް ކުރަމުންދާ މަސައްކަތުން އެކަމުގެ އެންމެ ފަހު މަރުހަލާއަށް ވާސިލުވެފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ހީނާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއަށް އެންސްޕާ އަދި އާސަންދައިގެ ވެރިން ހާޒިރުކޮށް ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ހީނާ ވިދާޅުވީ ޔޫއޭއީ އާއި ތައިލޭންޑުގެ ހޮސްޕިޓަލުތަކުން އާސަންދަ ހަމަޖެހޭ ހިސާބަށް މިހާރު މަސައްކަތް ގޮސްފައިވާ ކަމަށެވެ.

އާސަންދައިން މިހާރު ޔޫއޭއީ އަދި ތައިލެންޑްގެ ހޮސްޕިޓަލްތަކާއެކީގައި މަސައްކަތްތަކެއް ކުރެވި އަޅުގަނޑުމެންނަށް ބަޔަކާ އެކީގައި ކުރިއަށްދެވޭނެ ހިސާބަށް ވާސިލުވެފައި އެބަވޭ. އެހެންވީމާ އެ ޚިދުމަތް ދެވޭނެ ދުވަހަކާ އެ ކަމާ ބެހޭ އިތުރު ތަފުސީލުތައް އަޅުގަނޑުމެން ވަރަށް އަވަހަށް ހާމަކުރަމުންދާނަން.

ހިނާ ވަނީ ޔޫއޭއީއާއި ތައިލޭންޑުން އާސަންދަ ލިބޭގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށާއި، އެ މަނިކުފާނު އެ ވައުދު ފުއްދަވާނެކަމުގެ ޔަގީންކަން ވެސް އޮތް ކަމަށް ވިދާޅުވެފަ އެވެ.

ރައީސް މުއިއްޒު، ޔޫއޭއީ އަދި ތައިލެންޑުގެ ހޮސްޕިޓަލްތަކުން އާސަންދަ ލިބޭނެ އިންތިޒަމު ހަމަޖެއްސުމުގެ ވާހަކަފުޅު ދައްކަވާފައިވަނީ މިއަހަރު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެވެ. ރައީސް ވިދާޅުވީ މިހާރު އާސަންދަ ލިބޭ ގައުމުތަކަށް ވުރެ މާ ފެންވަރު ރަނގަޅު، މާ މަތީ ފަންތީގެ ގައުމުތަކުން އާސަންދަ ލިބޭގޮތް ހަމަޖައްސަން މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސް ވަނީ ޔޫއޭއީ އާއި ތައިލެންޑްގެ ނަން ވިދާޅުވެފަ އެވެ.

ހީނާ ވަލީދު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާސަންދަ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ