ރާއްޖެއަށް ކުރި ވިއްސާރައިގަައި ގިނަ ރަށްރަށަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖެއަށް ކުރި ވިއްސާރައިގަައި ގިނަ ރަށްރަށަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެންޑީއެމްއޭއިން ބުނީ އިއްޔެ ރާއްޖޭގެ އުތުރާއި ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައިގައި ގެއްލުން ލިބުނު މިންވަރު އެ އޮތޯރިޓީ އިން ބަލަމުުުންދާ ކަމަށެވެ. އެގޮތުން، އެހީތެރިކަން ބޭނުންވާ ގޭބީސީތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް އެފަރާތުން ބުންޏެވެ.

އެންޑީއެމްއޭއިން ބުނީ ޅ. ކުރެންދޫއަށް އިއްޔެ ބޯކޮށް ވާރޭވެހި ރަށުތެރެ އެއްކޮށް ފެންބޮޑުވެފައިވާ ކަމަށެވެ. ރަށުތެރޭގަައި ހުރި ޕަމްޕް ބޭނުންކޮށްގެންނާއި ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެ އޮތޯރިޓީ އިން ބުންޏެެވެ. އަދި ރަށުގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ދިރިނޫޅެވޭ ފަދަ ހާލަތަށް ގޮސްފައިވާ ގެތައް ދެނެގަނެ އެފަރާތްތަކަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއުން ބުއިމުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީ އިން ކުރަމުންދާ ކަމަށް ބުންޏެވެ. އެ މަސައްކަތް ކޮށްފައިވަނީ ރަށު ކައުންސިލާއި ގުޅިގެން ނެވެ. މި ހާދިސާގައި 104 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލުން މިވަގުތު ކުރަމުންދާ ކަމަށް ބުންޏެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގެއްލުން ލިބިގެން އެ އޮތޯރިޓީއަށް މިހާތަނަށް ރިޕޯޓްކޮށްފައިވަނީ ސ. ފޭދޫ، ޅ. ކުރެންދޫ، ދ. ބަނޑިދޫ އަދި ދ. ހުޅުދެލިން ނެވެ. އަދި މިވަގުތު ރާއްޖޭގެ އެހެން އަތޮޅުތަކުގެ ހާލަތު ރަނގަޅުކަމަށް އެ އޮތޯރިޓީ ބުންޏެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އިއްޔެ އެންމެ ބޯކޮށް ވާރޭވެހުނީ ބ. ދަރަވަންދޫ އަށެވެ. ދަރަވަންދޫއަށް 114 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ މޯލްޑިވްސް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ