ޑޮލަރު މާރުކުރާ ގަވާއިދަށް ބަދަލެއް ނުގެނޭ: އެމްއެމްއޭ

Advertisement

Advertisement

އެންމެ ފަސް

Advertisement

ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވައިދު ބަދަލު ނުކުރާ ކަމަށާއި އެކަމުގައި އަދިވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ރޭ ބުނެފި އެވެ.

އެ އޮތޯރިޓީން އެކުލަވާލައި މި އަހަރުގެ އޮކްޓޫބަރު 1 ގައި ގެޒެޓްކުރި ގަވާއިދުގައިވާ ގޮތަށް، ވަރަށް ގިނަ ވިޔަފާރިތަކުން އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ކަމަށެވެ. ގަަވާއިދު ތަންފީޒު ކުރުން ކުރިއަށް ގެންދާނީ ރައްޔިތުންގެ އަޑު އަހަމުން ކަމަށާއި އޮތޯރިޓީން ކުރާ މަސައްކަތްތަކާ ގުޅުން ހުރި ކޮންމެ ވިޔަފާރިއަކާއި ކޮންމެ ރައްޔިތަކަށް ވެސް މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކަށް ލިބޭ ޑޮލަރުގެ ތެރެއިން ވަކި މިންވަރެއް ބޭންކްތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި އެ ގަވާއިދު ތަންފީޒު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އާދީއްތަ ދުވަހުގެ ރޭ ވިދާޅުވެފަ އެވެ.

އެމްއެމްއޭ އިން މި ސިޔާސަތު ތައާރަފް ކުރީ ގައުމީ ބޭންކް، ބޭންްކް އޮފް މޯލްޑިވްސްގައި ޑޮލަރުގެ ދަތިކަން ކުރިމަތިވާ މައްސަލަ ހައްލުކުރުމަށެވެ. އެ ސިޔާސަތުގައިވާ ގޮތުން ކެޓަގަރީ އޭ ރިސޯޓްތަކާއި ހޮޓަލްތަކާއި ޓޫރިސްޓް އުޅަނދުތަކުން ކޮންމެ ގެސްޓް ޗެކްއިން އަކަށް ލޯކަލް ބޭންކަކަށް 500 ޑޮލަރު ޖަމާކޮށް ބަދަލުކުރަން ޖެހެ އެވެ. މީގެ އިތުރުން ގެސްޓް ހައުސް ފަދަ ކެޓަގަރީ ބީގެ ތަންތަނުން ގެސްޓަކަށް 25 ޑޮލަރު ޖަމާކުރަން ޖެހެ އެވެ. މި އާ ސިޔާސަތަށް އަމަލުކުރަން ފެށީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެވެ.

އެގޮތަށް އަމަލުކުރުމަށް މަރުކަޒީ ބޭންކުން އޮންލައިންކޮށް ރަޖިސްޓްރޭޝަން ޕޯޓަލްއެއް ގާއިމްކޮށްފައިވާއިރު، ރާއްޖޭގައި ހިންގާ 174 ރިސޯޓުގެ ތެރެއިން 173 ރިސޯޓުން ވަނީ ސޮއިކޮށްފަ އެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ކުންފުނި ކަމަށްވާ ޗަމްޕާ ބްރަދާސްގެ ވެރިޔާ މުހައްމަދު މޫސާ (އުއްޗު) އާ ސިޔާސަތު ސަސްޕެންޑް ކުރުމަށް އެދުމާ ގުޅިގެން ނެވެ.

އެ ސިޔާސަތާ ގުޅޭ ގޮތުން ބައެއް ރިސޯޓުތަކުން ޝަކުވާ ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ވަނީ އިއުތިރާފުވެފަ އެވެ. ނަމަވެސް ޝަކުވާގެ އަދަދެއް ހާމައެއް ނުކުރެ އެވެ.

އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ