މަސް ބޯޓުތަކެއް ކޮންޓްރޯލްކޮށް ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސް މާރުކޭޓު ސަރަހައްދުގައި މަސް ބޯޓުތަކެއް ކޮންޓްރޯލްކޮށް ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މަސް މާރުކޭޓު ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތަކެއް ބަލާ ފާސްކޮށް 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މަސް ބޯޓުތައް ބަލާ ފާސްކޮށްފައިވަނީ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީކަމަށް ޝަމްއާން ވިދާޅުވި އެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް އިމިގްރޭޝަނުން ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ވަނީކޮށްފަ އެވެ. އެގޮތުން ރާއްޖޭގައި ގަވައިދާ ހިލާފަށް ވިތަފާރި ކުރަމުން ދާ ބިދޭސީންނާ ދެކޮޅަށް އެތަށް ރެއިޑް އޮޕަރޭޝަނެއް ހިންގާ ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އަށް ވުރެ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްލާފަ އެވެ.

މީގެ އިތުރުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓު ކުރުމަށް އިމިގްރޭޝަނުން ވަނީ އިމިގްރޭޝަން ވޮޗް ގާއިމުކޮށްފަ އެވެ. އަދި އިމިގްރޭޝަން ވޮޗަށް ލިބޭ ޝަކުވާތައްވެސް އިމިގްރޭޝަނުން ދަނީ ބަލަމުންނެވެ.

ބިދޭސީން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ