އައްޑޫ އިން ފެން ބޮޑުވި ސަރަހައްދުތަކުން އެމްއެންޑީއެފް އިން ފެން ހިންދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އައްޑޫ ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެން ބޮޑުވި ސަރަހައްދުތަކުން ފެން ހިންދުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ހަރަކާތްތެރިވެއްޖެ އެވެ.
އެމްއެންޑީއެފް އިން ބުނީ ބޯކޮށް ވާރޭ ވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެންބޮޑުވުމުން، ރޭ 23:25 ހާއިރުން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ފޭދޫ މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ މިއަދު ހެނދުނު 09:25 ހާއިރު ކަމަށް އެމްްއެންޑީއެފް އިން ބުންޏެވެ.
މީގެ އިތުރުން، ބޯކޮށް ވާރޭ ވެހި، އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ ސީނު އަތޮޅު މަދަރުސާ ގޯތިތެރޭގައި ފެންބޮޑުވުމުން، މިއަދު ހެނދުނު 07:25 އިން ފެށިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެ އެވެ. ސ. އަތޮޅު މަދަރުސާ ގޯތިތެރޭގައި ބޮޑުވި ފެންގަނޑު ހިންދާލެވުނީ މިއަދު 09:20 ހާއިރުގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދިނެވެ.
އިއްޔެ ރާއްޖޭގެ ބޮޑު ބަޔަކަށް ކުރި ވިއްސާރައިގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ އައްޑޫ ހިތަދޫއަށެވެ. އިއްޔެ ހެނދުނު 08:00 އިން މިއަދު ހެނދުނު 08:00 އަށް ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެެ.
ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައި ވެއެވެ. އެހެންކަމުން، މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައި ވެއެވެ.

އައްޑޫ ސިޓީ އެމްއެންޑީއެފް މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ