އުއްތަމަ ފަނޑިޔާރާއި އިސް ފަނޑިޔާރު ރަށުން ބޭރަށް ދާނަމަ އަންގާ ގޮތަށް ހަދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ކޯޓުތަކުގެ އުއްތަމަ ފަނޑިޔާރާއި ކޯޓުތަކުގެ އިސް ފަނޑިޔާރުން ހަފްތާ ބަންދާއި އެހެނިހެން ރަސްމީ ބަންދު ދުވަސްތަކުގައި މާލެއިން ބޭރަށް ދަތުރުކުރާނަމަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އަންގަން ޖެހޭ ގޮތަށް ހަދައިފި އެވެ.

އެ ކޮމިޝަނުން ބުދަ ދުވަހު ނެރުނު ސާކިއުލާގައި ތަފްސީލުކޮށްފައިވާ ގޮތުގައި ގާނޫނު އަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ކޮންމެ ފަނޑިޔާރަކު ވެސް ހުރިހާ ވަގުތެއް ޝަރުއީ ދާއިރާއަށް ހާއްސަ ކުރަން ޖެހެ އެވެ. އެގޮތުން ފަނޑިޔާރުން އައްޔަންކުރާ ކޯޓް ހުންނަ ރަށުން ބޭރަށް ނުވަތަ ރާއްޖެއިން ބޭރަށްވެސް ދަތުރުކުރަން ރާވާފައިވާނަމަ އެކަން އަންގަން ޖެހޭނެ ކަމަށް ބަޔާނުގައިވެ އެވެ.

އެ ސާކިއުލާގައިވާ ގޮތުން ހައިކޯޓާއި ދަށު ކޯޓުތަކުގެ އުއްތަމަ ފަނޑިޔާރާއި އިސް ފަނޑިޔާރުންގެ އިތުރުން އުއްތަމަ މެޖިސްޓްރޭޓުން ވެސް ކުރާ ދަތުރުތައް ޖޭއެސްސީއަށް އަންގަން ޖެހެ އެވެ. އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދަތުރު ޕްލޭންތައް އުއްތަމަ ފަނޑިޔާރަށް ރިޕޯޓް ކުރަން ޖެހޭއިރު ހައި ކޯޓުގެ ފަނޑިޔާރުން ދަތުރުތައް ހައިކޯޓުގެ އިސް ގާޒީއަށް އަންގަން ޖެހެ އެވެ.

ހަމައެފަދައިން ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެ ކޯޓުގެ އިސް ގާޒީއަށް އެކަން އަންގަން ޖެހޭއިރު، ޝަރުއީ ދާއިރާތަކުގެ މެޖިސްޓްރޭޓުން އެމީހުންގެ އިހްތިސާސްގެ އިސް މެޖިސްޓްރޭޓަށް އެކަން އަންގަން ޖެހެ އެވެ.

މިދިޔަ މަހު ވެސް ޖޭއެސްސީން ވަނީ ފަނޑިޔާރުން ހަވާލުކޮށްފައިވާ އިހްތިސާސްތަކުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ހޯދުން ލާޒިމްކޮށްފަ އެވެ.

އިސް ފަނޑިޔާރު އުއްތަމަ ފަނޑިޔާރު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ