ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ: މެޓް

Advertisement

Advertisement

އެންމެ ފަސް

Advertisement

ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެެއް ކަމަށެވެ.

މެޓް އޮފީހުން ބުނީ ރާއްޖެ މި އޮންނަ ސަރަހައްދަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ އިރުގައި އާންމު ގޮތެއްގައިވެސް އެކްޓިވް ސަރަހައްދެއް ކަމަށެވެ. ރާއްޖޭގައި އުފެދިފައިވަނީ ލޯ-ލެވެލް ސާކިއުލޭޝަން (ވައި ދައުރުވުން) ކަމަށް އެ އޮފީހުން މައުލޫމާތު ދިނެވެ. މި ސާކިއުލޭޝަންގެ ސަބަބުން ރާއްޖެއަށް މި ދުވަސްވަރު ވިއްސާރަ ކުރަމުންދާ ކަމަށް އެ އޮފީހުން މައުލޫމާތު ދިނެވެ. އެހެންކަމުން، ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައި ވެއެވެެ. އަދި ބައެއް ރަށްރަށަށް ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓް އިން ލަފާކޮށްފައި ވެއެވެ. އެހެންކަމުން، ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައި ވެއެވެ.

މެޓް އިން ބުނީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ހިތަދޫއަށް ކަމަށެވެ. ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭ ވެހިފައި ވެއެވެެ. މެޓް އިން ވަނީ ވ. އަތޮޅުން ފެށިގެން އައްޑޫ އަށް މިއަދު މެންދުރު 13:30 ގެ ނިޔަލަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ.

މޫސުން ގޯސްވުން މޫސުމާ ބެހޭ ގައުމީ އިދާރާ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ