އަގު ކުޑަކޮށްފައި، އަރަބިއްޔާ އިމާރާތްކުރުމުގެ މަޝްރޫއު އާރްސީސީއާއި ހަވާލުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބަޖެޓުން 80 މިލިއަން ރުފިޔާ ސަލާމަތްކޮށް، އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތް މީގެ ކުރިން ބިނާކުރުމަށް ހަމަޖެއްސީ ބާ ޖަމާލުއްދީނުގެ ބިމުގައި ކަމަށެވެ. އެހެން ނަމަވެސް ޢަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސްކޫލް ބިނާކުރުމަށް ޖާގަ ތަނަވަސް ބިމެއް ކަމަށްވާ 386 ކޮށި ހަމަޖައްސަވައިދެއްވާފަ އެވެ.

މި ސްކޫލުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ހިމެނިގެން މިނިސްޓްރީއިން ކުރި މަސައްކަތުގައި، ސްކޫލުގެ ޑިޒައިނަށް ބަދަލުގެނެވިފައި ވެއެވެ. އެ ބަދަލުތަކާއެކު، ސްކޫލް އިމާރާތްކުރުމަށް ކޮންޓްރެކްޓަރާ އެކު މަޝްވަރާކުރެވި، އާ އަގުތަކެއް ކަނޑައެޅުނު ނަމަވެސް، އޭގެ ސަބަބުން ދައުލަތަށް ގެއްލުންވާ ވަރު ބޮޑުވެ، ހަރަދު ކުޑަ ކުރުމުގެ ގޮތުން އެ ކޮންޓްރެކްޓް މިނިސްޓްރީން ބާތިލުކުރި އެވެ.

އެއަށްފަހު މިދިޔަ ހަފްތާގެ ތެރޭގައި ޑިޒައިން އެންޑް ބިލްޑުގެ އުސޫލުން އަރަބިއްޔާ ސްކޫލް ޢިމާރާތް ކުރުމުގެ މަސައްކަތް، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުން އެ ކުންފުންޏާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމަވައިދޭ ގޮތަށެވެ.

މި ސްކޫލުގައި 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހިމެނޭނެ އެވެ. މީގެ އިތުރުން މި ސްކޫލު އިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

އަލް މަދްރަސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ އެޑިއުކޭޝަން މިނިސްޓްރީ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ