އެއް އަހަރު ތެރޭ ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނި: ނައިބު ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ސަރުކާރަށް އެއް އަހަރު ފުރުނުއިރު ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ މައްސަލަ ކަމުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ މިއަދު ފާހަގަކުރަމުންދާ ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ދައުލަތުގެ މީޑިއާގެ ޕްރޮގްރާމަކަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގަ އެވެ.

އިންޓަވިއުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ރާއްޖެ އޮތީ ވަރަށް ގިނަ ތަންތަނަށް ދަރަނިވެރިވެފައި ކަމަށެވެ. އެހެންނަމަވެސް، އެކަމުން އަރައިގަންނަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވި ހަރުދަނާ ޚާރިޖީ ސިޔާސަތުގެ ސަބަބުން އެކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިގެންދިޔަ ކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

”ދަރަނި ނަގާފައިވާ ތަންތަނާ ވާހަކަދައްކައިގެން ދަރަނި ދައްކަންވީ މުއްދަތު ފަސްކުރެވުނު,“ ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވިގޮތުގައި ކުރީ ސަރުކާރުން ދަރަނި ނަގާފައިވަނީ އެއްވެސް ތަރުތީބަކާއި، ހައްދަކާ ނުލަ އެވެ. އެކަންކަން މި ސަރުކާރުން ހައްލުކޮށްފައިވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ރާއްޖެއާ ނުބައްދަލު ސަބްސިޑީތައް ރާއްޖެއިން ހޭދަކުރަމުންދާކަން ބައިނަލްއަޤްވާމީ އެކި ޖަމްޢިއްޔާތަކުން ފާހަގަކުރަމުންދާކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

”އައިއެމްއެފް އަދި ވޯލްޑް ބޭންކް ފަދަ ތަންތަނުގެ ޚިޔާލުތަކަށް ސިޔާސަތުތައް ބައްޓަންކުރެއްވުމަށް ރައީސް މަސައްކަތްކުރައްވާ,“ ނައިބު ރައީސް ވިދާޅުވި އެވެ. އޭގެ އެއް މިސާލެއްގެ ގޮތުގައި ނައިބު ރައީސް ވަނީ އާސަންދަ ސްކީމް ނަންގަވާފަ އެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވެފައިވަނީ ދަރަނި ރީފައިނޭންސް ކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީންވެސް ބުނެފައިވަނިކޮށެވެ. ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ ޖުމްލަ ދަރަންޏަކީ ގާތްގަނޑަކަށް 120 ބިލިއަން ރުފިޔާ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފް މިނިސްޓްރީ އޮފް ފިނޭންސް ދިވެހިންގެރާއްޖެ365

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ