ރާއީސުލްޖުމްހޫރިއްޔާގެ ވަރަށް ހާއްސަ ޕްރޮގުރާމެއްގެ ގޮތުގައި ޕަބްލިކް ހެލްތް ޕްރިވެންޝަން ޕްރޮގުރާމެއް މުޅިރާއްޖޭގައި ފަށައިގެން ކުރިޔަށް އެބަގެންދާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ހުޅުމާލެ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ތަރަށްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ، 7 އަތޮޅެއްގައި އެ މަޝްރޫއުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އަދި މިއަންނަ އަހަރު ބާކީހުރި އަތޮޅުތަކާއިއެކު މުޅި ރާއްޖޭގައި މި ޕްރޮގުރާމްގެ ޒަރިއްޔާއިން ކަވަރުކުރާނެ ކަމަށެެވެ.
މީގައި ކަލެކްޓު ކުރެވޭ އެންމެ މުހިންމު މައުލޫމާތަކީ އެކިއެކި ބަލިތަކަށް ރިސްކު ފެކްޓާސް މީހުންނަކީ ކޮބާތޯ ބަލައި ހާއްސަކޮށް މުޖުތަމައުގައި އެންމެ މުހިންމު އަޅާލުމެއްދޭންޖެހޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެކަމުގެ ހޭލުންތެރިކަން އިތުރު ކުރުމަށް އެފަރާތްތަކުގެ ރިކޯޑު ހެލްތުނިޒާމުގެ ތެރޭގައި ރަށްކާ ކުރެވުން ކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
”ހެލްތް ނިޒާމުގެ ތެރޭގައި ބެލެހެއްޓި ހެލްތް ނިޒާމުގެ ތެރެއިން ދުރާލާ ސަމަލުވުމަށް އެބޭފުޅުންނަށް އިސްކަން ދިނުން ގޮވާލަން، ހެލްތް ސިސްޓަމަށް ވަޑައިގަންނަވާށޭ، ވަޑައިގެން މިވެނި ޗެކަޕްތަށް ހައްދަވާށޭ، އޭރުން ބޮޑެތި ބަލިތަކަށް ނުގޮސް އަޅުގަނޑުމެންނަށް ދުރާލާ ރައްކަތެރި ވުމުގެ ފިޔަވަޅެއް އެޅިގެންދާނެ.“
މިނިސްޓަރ ވިދާޅުވީ މި ޕްރޮގުރާމް މިއަންނަ އަހަރަށް ބަޖެޓުކޮށްފައި އޮތްއޮތުން، ރަމްޒު ކޮށްދެނީ ދައިލަތުން މިކަމަށް ވަރަށް ބޮޑާށް އިސްކަމެއް ދެއްވާ ޕްރޮގުރާމެއްގެ ގޮތުގައި ކަަމަށެވެ.
ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް މިނިސްޓްރީ އޮފް ހެލްތް