ރާކަނި ބީޗްގައި މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި ކަމަށް ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. މި މައްސަލައިގައި ހައްޔަރުކުރި މީހާއަކީ 41 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރާކަނި ބީޗްގައި ތިބި ދެމީހެއްގެ މެދުގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މި މައްސަަލައިގެ އިތުރު ތަފްސީލެއް ފުލުހުން އާންމުކޮށްފައި ނުވެ އެވެ.