ގަޔަށް ބާރު ހެދުމާއި ޖިންސް ލައިގެން އިމާމް ނުކުރެވޭނެ އުސޫލެއް އާންމުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

އިމާމުންގެ ހެދުން އަޅާ ގޮތް އިސްލާހުކުރާ އުސޫލެއް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފި އެވެ.

މި އުސޫލު އެކުލަވާލާފައިވަނީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރު ކުރުމަށެވެ. އެގޮތުން އިމާމުންނާއި މުދިމުންގެ ހެދުން ބަލަހައްޓަންވީ ގޮތާއި ފަރުވާތެރިވާންވީ ކަންކަންވެސް މި އުސޫލުގައި ހިމަނާފައި ވެއެވެ.

ރަސްމީ ގަޑީގައި ހެދުން އަޅަންވާނީ އިސްލާމީ މުޖުތަމައު ބަލައިގަންނަ އަދި އިމާމުވެ ނަމާދުކުރުމަށް އެކަށީގެންވާ ފަދަ ގޮތަކަށްކަން ފާހަގަކޮށްފައި ވެއެވެ. އިސްލާމިކް މިނިސްޓްރީން މީގެ ދެ ދުވަސް ކުރިން އާންމުކުރި މި އުސޫލުގެ ދަށުން އިމާމުން ގަޔަށް ބާރު ހެދުން ލައިގެން ނަމާދުކޮށްގެން ނުވާނެ އެވެ. އަދި ޖީންސްއާއި ޓީޝާޓް ލައިގެން ނަމާދުކުރުންވެސް މަނާވާނެ އެވެ. އަދި ބަންގި ގޮވާ ގަޑީގައި ބޮލުގައި ތާކިހާ ނުވަތަ ބޯ ނިވާވާ އެއްޗެއް އަޅައިގެން ހުރުމަށް އަންގާފައި ވެެއެވެ. އެއާއެކު، ހުރިހާ ވަގުތެއްގައިވެސް ސާފުތާހިރުކަމަށް އިސްކަންދިނުމަށް ބުނެފައި ވެއެވެ.

މީގެއިތުރުން، އެެހެން މީހުންނަށް ނަމޫނާ ބަޔަކަށް ވުމުގެ އިތުރުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ވެސް އިމާމުންގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަންކަމުން ދުރުހެލި ވުމަށް ވެސް ބުނެފައި ވެއެވެ. ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވައިދުތަކާއި ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށާއި، ދީނީ ގޮތުން ހިލާފު އުފެދޭ ކަންކަމުގައި އަމަލުކުރުމަށް މިނިސްޓްރީން ކަނޑައަޅާފައިވާ މިންގަނޑު ހިފެހެއްޓުމަށްވެސް އަންގާފައި ވެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ އެއްވެސް ކަމަކާ ހިލާފުވެއްޖެ ނަމަ އެކަމެއްގެ ކުޑަ ބޮޑު މިނަށް ބަލައި، ސިވިލް ސާވިސް ގަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ ބާރު އިސްލާމިކް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ބުނެފައި ވެއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ