ހުޅުމާލޭގެ ރާކަނި ބީޗްގައި މާރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ މި ހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ ރާކަނި ބީޗްގައި ތިބި ދެމީހެއްގެ މެދުގައި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. ފުލުހުން ވަނީ މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ނެވެ.