ހަފްތާ 52ގެ ކާމިޔާބީއާއި ގުޅިގެން ތަފާތު ސްޓޯލްތަކާއިއެކު ހާއްސަ އާއިލީ ހަވީރެއް

Advertisement

Advertisement

އެންމެ ފަސް

Advertisement

ހަފްތާ 52 ގެ ކާމިޔާބީތަކާ ގުޅިގެން މި ވުޒާރާއިން ”ބަދަހި ޢާއިލާ – އުފާވެރި މުޖުތަމަޢު“، މި ޝިއާރުގެ ދަށުން 16 ނޮވެމްބަރ ވާ ހޮނިހިރު ދުވަހު ޚާއްޞަ ޢާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ސޯޝަލް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މި ހަވީރުގެ މަގްސަދަކީ ޢާއިލީ މާޙައުލެއްގައި، މި ވުޒާރާއިން ފާއިތުވި އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން ހާޞިލުކުރެވުނު ކާމިޔާބީތައް ރައްޔިތުންނާއި ހިއްސާކުރުން ކަމަށެވެ. އަދި އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި، މިވުޒާރާއިން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށްވެސް ބުނެފައި ވެއެވެ.

މި ހަވީރު ކުރިއަށްދާނީ 16 ނޮވެމްބަރުގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. މިގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ޢާއިލީ ހަވީރުގައި ކުރިއަށް ދާނެ އެވެ.

ޢާއިލީ ހަވީރުގައި މި ވުޒާރާއާއެކު އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ. އޭގެ އިތުރުން، އުރީދޫއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓއްރޭޝަން އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންވެސް މި ހަވީރުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފަ އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އުރީދޫ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މޯލްޑިވްސް ޕޮލިސް ސާވިސް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ޕެންޝަން އޮފިސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ