ގުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގުމަށްޓަކައި އިސްލާމިކް މިނިސްޓްރީއާއި މާލެ ސިޓީ ކައުންސިލުން ގުޅިގެން ވިލިމާލޭގައި އާ ސެންޓަރެއް ހުޅުވައިފި އެވެ.
މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އަދި މާލެ ސިޓި ކައުންސިލްގެ މޭޔަރު އާދަމް އާޒިމްވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.
ގުރުއާނާ ބެހޭ މަރުކަޒުގެ ކްލާސްތައް ހިންގުމަށް އާ ސެންޓަރެއް ހުޅުވާފައިވަނީ ވިލިމާލެ މަސްޖިދުލް ބިއްރިގަ އެވެ. އެ ސެންޓަރަކީ ދެ ކްލާސްރޫމްގެ ސެންޓަރަކެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ގުރުއާނުގެ އިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިހާރު ވަނީ މިސްކިތްތަކުގައި ހިލޭ ސާބަހަށް ގުރުއާން ކްލާސް ހިންގުމަށް ”މިސްކިތު ގާރީ ކްލާސް“ ގެ ނަމުގައި ޕްރޮގްރާމެއްވެސް ފަށާފަ އެވެ.
އާދަމް އާޒިމް، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގުރުއާނާ ބެހޭ މަރުކަޒު