އުރީދޫގެ ހާއްސަ އާންމު ޖަލްސާއެއް އަންނަ މަހު ބާއްވަނީ

Advertisement

އެންމެ ފަސް

Advertisement

އުރީދޫއިން އަންނަ މަހު އެ ކުންފުނީގެ ހާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ނިންމައިފި އެވެ.

އުރީދޫގެ މި ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން އުރީދޫގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގެ ނޯޓިސްއާއި އެޖެންޑާ މިމަހުގެ 30 ވަނަ ދުވަހު އުރީދޫގެ އިންވެސްޓަރުންގެ ވެބްސައިޓުގައި ޝާއިރު ކުރާނެކަމަށް އުރީދޫން ބުނެ އެވެ. އަދި މި ނޯޓިސްއާއެކު ޖަލްސާ ބާއްވާނެ ތާރީހާއި ގަޑިއާ ތަންވެސް ހާމަކުރާނެކަމަށް އުރީދޫން ބުންޏެވެ.

މި ޖަލްސާގައި ބައިވެރިވުމުގެ ގޮތުން، ހިއްސާދާރުންނަށް އަމިއްލައަށް ނުވަތަ ޕްރޮކްސީއެއް މެދުވެރިކޮށް ބައިވެރިވެ، އެޖެންޑާގައި ހިމެނޭ ކަންކަމަށް ވޯޓު ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އުރީދޫން ބުނީ މިއީ އެ ކުންފުނީގެ މުހިންމު ނިންމުންތަކެއް ނިންމުމަށް ބާއްވާ ޖަލްސާއަކަށްވުމުން އެ ކުންފުނީގެ ހިއްސާދާރުން މި ޖަލްސާގައި ބައިވެރިވުމަކީ މުހިންމުކަމެއް ކަމަށެވެ.

އުރީދޫ

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ