ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަސައްކަތް ކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު ޒަމީރު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ދަރަނީގެ ބޮޑު ޕަސެންޓެއް ދައްކަން ޖެހެނީ ވަކިވަކި ގައުމުތަކަށް ކަމަށެވެ. އަދި އެ ގައުމުތަކާއި އޮންނަ ގުޅުމުގެ ސަބަބުން ވާހަކަ ދައްކައިގެން ދަރަނި ދެއްކުމަށް ލުއި ލިބޭނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ ރާއްޖެއިން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާ މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި އެ މަޝްވަރާތަކުން ރަނގަޅު ނަތީޖާއެއް ނިކުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށްވެސް ވިދާޅުވި އެވެ.
2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާ އެވެ. އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު ހަރަދު ކުރުމަށް ވަނީ 49.2 ބިލިއަން ރުފިޔާ ހިމަނާފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި 35.8 ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު ކެޕިޓަލް ހަރަދުގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ. ކެޕިޓަލް ހަރަދުގެ ތެރެއިން ޕީއެސްއައިޕީ ނުވަތަ ތަރައްގީގެ މަޝްރޫތަކަށް ބަޖެޓުގައި ވަނީ 12.4 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގައި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ފިނޭންސް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު