މޫނު ނިވާކޮށްގެންތިބި ބަޔަކު ކެފޭ ދި މާލެއަށް ވަދެ، ތަކެއްޗަށް ގެއްލުންދީފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ދި މާލެއަށް ވަދެ، އެތަނުގެ ތަކެއްޗަށް ގެއްލުންދިން މައްސަލައެއްގައި ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޢުލޫމާތު ދެމުން ބުނީ، ހެލްމެޓާއި ސާޖިކަލް މާސްކް އަޅައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ކެފޭ ދި މާލެއަށް ވަދެ، އެ ކެފޭގެ ތަކެއްޗަށް ގެއްލުންދީފައިވަނީ ކުރީ ބައިގައި ރާވައިގެން ކަމަށެވެ. އަދި އެ މީހުން އެ ކެފޭގެ ތަކެއްޗަށް ގެއްލުންދީފައިވަނީ މަރުތެޔޮ ބޭނުންކޮށްގެން ކަމަށްވެސް ފުލުހުން ހާމަކުރި އެވެ.

ފުލުހުންގެ ބުނީ، ކެފޭއަށް ދިން ގެއްލުންތަކުގެ ތެރޭގައި ކޭޝް ކައުންޓަރުގެ ސޭފްޓީ ބިއްލޫރިގަނޑު ތަޅާލުމާއި، ހެދިކާ ޑިސްޕްލޭ ކުރުމަށް ބަހައްޓާފައި ހުރި ޝޯކޭސްގެ ބިއްލޫރިތައް ތަޅާލައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށްލުން ހިމެނެ އެވެ. މީގެ އިތުރުން ކެފޭގައި ބޭނުންކުރާ އެހެނިހެން ތަކެއްޗަށްވެސް ގެއްލުންދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހަމަލާ ދިނުމަށްފަހު، އެކަމަށް ބޭނުންކުރި ތަކެއްޗާއި ހެލްމެޓް އިމާރާތްކުރަމުންދާ ތަނަކަށް އެއްލާލާފައިވާ ކަމަށާއި، ފުލުހުންގެ ތަޙުޤީޤު ޓީމުން އެ ތަކެތި ހޯދާފައިވާކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ.

މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް 3 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި ތަކެއްޗަށް ގެއްލުންދިނުމުގައި ހަރަކާތްތެރިވި 2 މީހުންނާއި، އެ ތަން ވީޑިއޯކުރި މީހާ ހިމެނެ އެވެ. ހަމަލާގައި ބައިވެރިވި އެކަކީ 18 އަހަރު ނުވާ ކުޑަކުއްޖެއްކަމަށާއި، ހުރިހާ ފަރާތަކީވެސް ކުށްކުރުމުގެ ރެކޯޑު އޮތް ފަރާތްތަކެއްކަން ފުލުހުން ހާމަކުރި އެވެ.

ފުލުހުން ބުނާ ގޮތުގައި މި ހަމަލާ ދީފައިވަނީ މިހާރު ގޭންގުތަކުގެ މެދުގައި އޮތް ޚިޔާލު ތަފާތުވުންތަކުގެ ތެރެއިން ނެވެ. އަދި މި ޚިޔާލު ތަފާތުވުންތަކަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކެއްކަމަށް ފުލުހުން ފާހަގަކުރި އެވެ.

މި މައްސަލައިގައި އެ ފަރާތްތަކުގެ މައްޗަށް ދަޢުވާ އުފުލަން ބޭނުންވާ މިންވަރަށް ހެކި ލިބިފައިވާކަމަށް ފުލުހުން ބުނެފައިވެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ