ނިކަމެތި ރައްޔިތުންނަށް ފައިދާއެއްވާން ނޭދޭ ވެރިން ކުރިއަށްއޮތްތާ ސާފުވާނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

ނިކަމެތި ރައްޔިތުންނަށް ފައިދާއެއްވާން ނޭދޭ ވެރިން ކުރިއަށްއޮތްތާ ސާފުވާނެކަމަށް ވިދާޅުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިސޯޓްތަކުގެ ވެރިންނަށް ނުސީދާ ރައްދެއް ދެއްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީމި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެކަމަށެވެ. އަދި މި ސަރުކާރުން މަސައްކަތްކުރާނީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ”ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ“ ކަމަށެވެ.

ރައީސް އެ ޕޯސްޓް ކުރެއްވި ސިދާ ސަބަބެއް ލިޔުއްވާފައިނުވިނަމަވެސް، ބެލެވޭ ގޮތުގައި އެމަނިކުފާނު އެ ޕޯސްޓުކުރެއްވީ ދާދިފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެކުލަވާލި ބޭރު ފައިސާގެ ގަވައިދުގެ ދަށުން، ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ އަތުން 500 ޑޮލަރު މަރުކަޒީ ބޭންކަށް މާރުކުރަން ލާޒިމްކުރި ކުރުމާ ދެކޮޅަށް ރިސޯޓުތަކުގެ ވެރިން ވާހަކަދައްކަވަން ފެށުމުން ކަމަށް ބެލެވެ އެވެ. އެގޮތުން ރާއްޖޭގެ ނަން މަޝްރޫއު ގިނަ ރިސޯޓް ބްރޭންޑްތައް ހިންގާ ވިޔަފާރިވެރިން ވަނީ އެ ގަވައިދުގެ ދަށުން ފަތުރުވެރިންގެ އަތުން 500 ޑޮލަރު އެމްއެމްއޭއަށް މާރުކުރުމަކީ ނުވާނެ ކަމެއް ކަމަށް ބުނެ އެފެ.

އޭގެތެރޭގައި މަޝްހޫރު ވިޔަފާރިވެރިންކަމަށްވާ، ޗަންޕާގެ ކުންފުނިތަކާއި، ޔުނިވާސަލްގެ ކުންފުނިތައް ހިމެނެ އެވެ. އޭގެއިތުރުންވެސް 50 އަށްވުރެ ގިނަ ރިސޯޓްތަކުން އެ ގަވައިދަށް އަމަލު ނުކުރާނެކަން އެމްއެމްއޭއަށް އަންގާފައިވެ އެވެ.

އެމްއެމްއޭއިން އެކުލަވާލައިފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ކެޓަގަރީއަކަށް ބަހާލާފައިވެ އެވެ. ކެޓަގަރީއޭއަކީ ރިސޯޓް، ހޮޓާ ސަފާރީތަކުގެ ކެޓަގަރީ އެވެ. އަދި ކެޓަގަރީ ބީ އަކީ ގެސްޓްހައުސްތަކުގެ ކެޓަގަރީ އެވެ. ކެޓަގަރީ އޭގައި ހިމެނޭ ތަންތަނުން، މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެ އެވެ. ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މާރުކުރަންޖެހޭނެ އެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 5،000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމްއެމްއޭ

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ