ހަނިމާދޫގައި ކުރީ ސަރުކާރުން ހަދަން ފެށި ފިއުލް ޖެޓީއަކީ ބޭކާރު ތަނެއް: މުއްތަލިބް

Advertisement

Advertisement

އެންމެ ފަސް

Advertisement

މިދިޔަ ސަރުކާރުން ހދ. ހަނިމާދޫގައި ހަދަން ފެށި ފިއުލް ޖެޓީއަކީ ބޭކާރު ތަނެއްކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މުއްތަލިބް މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މުއްތަލިބް ވިދާޅުވީ މިއީ އެކަމާ ގުޅޭ މިނިސްޓްރީތަކުގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިނުކޮށް ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓްރީއެއް އޮއްވާ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީން ބޮޑެތި ޕްރޮޖެކްޓްތައް ޓެންޑާކޮށް ހިންގުމަށް ހަވާލުކޮށްފައިވާތީ މިނިސްޓަރު ވަނީ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ.

ދެން މި ހަދާ ގޮތަކީ ޓެންޑާކޮށްފައި ބަޔަކު ހޯދާފައި ނެގޯޝިއޭޓް ކޮށްފައި ސޮއި ކުރަން މި ހަވާލުކުރަނީ އެސްއޯއީއަކާ. ދެން އެކަމާ ގުޅޭ މިނިސްޓްރީތަކުގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިނުކޮށް ބޭކާރު ތަންތަން ހެދިފައި އެބަ ހުރި. މިސާލަކަށް ދަންނަވަންޏާ ހަނިމާދޫގައި އެބަ އޮތް އެއް ކިލޯ މީޓަރުގެ ފިއުލް ޖެޓީއެއް އަޅާފައި.

މިނިސްޓަރު މުއްތަލިބު ވިދާޅުވީ ހަނިމާދޫ ފަޅަކީ ފުން ފަޅެއްކަމުން އެތަނަށް ތެޔޮ ބާޖެއް ވައްދައިގެންވެސް ތެޔޮ އެޅޭނެ ކަމަށެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަކީ ކުރީ ސަރުކާރުން އިންޑިއާގެ އެގްޒިމް ބޭންކްގެ ލޯނުގެ ދަށުން ތަރައްޤީކުރަން ފެށި އެއާޕޯޓެކެވެ. އޭރު އެ ސަރުކާރުން ބުނެފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރާނީ އެ އެއާޕޯޓުން ހުރިހާ ހިދުމަތެއްވެސް ލިބެން ހުންނާނެ ގޮތަށް ކަމަށެވެ.

މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ