ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އެއްހާ ބިދޭސީން ޑީޕޯޓުކޮށްލައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 5،000 އެއްހާ ބިދޭސީން ޑީޕޯޓުކޮށްލާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ގަވައިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް ރާއްޖޭގައި ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން ހިފާ ހައްޔަރުކޮށް 48 ގަޑި އިރު ތެރޭގައި ޑީޕޯޓުކޮށްލެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާ ކަމަށެވެ.

ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން އައި، ކުދި ވިޔަފާރިތަކަށް ރާއްޖޭގައި އުނދަގޫ ކުރަމުން އައި، ކުށްތަކަށް އަރައިގަންނަމުން އައި ބިދޭސީން އަޅުގަނޑުމެން ވާނީ ހިފާ ހައްޔަރުކޮށް 48 ގަޑި އިރު ތެރޭގައި ރާއްޖޭން ބޭރު ކުރެވޭނެ ނިޒާމެއް ގާއިމުކޮށްފަ.

އެ ނިޒާޟުގެ ތެރެއިން މިހާތަނަށް 5،000 އެއްހާ ބިދޭސީން ރާއްޖޭން ބޭރުކޮށްފައިވާކަމަށް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.

‘ޖަވިޔަނި’ ނޫހަށް މީގެ ކުރިން ދެއްވި ހާއްސަ އިންޓަވިއުއެއްގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ އިމިގްރޭޝަންގެ އަމާޒަކީ ސަރުކާރަށް އެއް އަހަރުވުމުގެ ކުރިން، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 5،000 މީހުން ޑީޕޯޓުކޮށްލުންކަމަށެވެ. އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީން ބަހައްޓާ ޑިޓެންޝަން ފެސިލިޓީއަކީ މިވަގުތަށް އެންމެ އެކަށީގެންވާ ޑިޓެންޝަން ފެސިލިޓީއެއް ނޫންކަމަށްވެސް ޝަމްއާން ވަނީ ވިދާޅުވެފަ އެވެ.

ޝަމްއާން ވިދާޅުވީ މިވަގުތު ބޭނުން ކުރަމުންދާ ފެސިލިޓިއަކީ ޖާގައިގެ ގޮތުން ބެލިޔަސް އަދި ވަސީލަތްތަކުގެ ގޮތުން ބެލިޔަސް މި ވަގުތަށް އެންމެ އެކަށީގެންވާ ޑިޓެންޝަން ސެންޓަރުތަކެއް ނޫން ކަމަށެވެ.

އިމިގްރޭޝަންގެ ޑިޓެންޝަން ފެސިލިޓީއަކީ މިވަގުތު އެންމެ އެކަށޭނެ ޑިޓެންޝަން ފެސިލިޓީއެއް ނޫން. ޖާގައިގެ ގޮތުން ބެލިކަމުގައިވީ ނަމަވެސް، އަދި ރިސޯސަސްތަކަށް ބެލިކަމުގައިވީ ނަމަވެސް ޑިޓެންޝަން ފެސިލިޓީއަކީ އެންމެ އެކަށޭނެ ފެސިލިޓީއެއް ނޫން.

ޝަމްއާން ވިދާޅުވީ ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް މި މައްސަލަ ހިއްސާކޮށްފައިވާނެ ކަމަށާއި މިހާރު މި މައްސަލަ ހައްލު ކުރުމަށް ޕްލެންއަކާ ހަމައަށް އާދެވިއްޖެ ކަމަށެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން ބިދޭސީންގެ މައްސަލަ އިމިގްރޭޝަން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ