ގެސްޓްހައުސްތަކުގެ އިންސްޕެކްޝަނެއް ފަށަނީ

Advertisement

އެންމެ ފަސް

Advertisement

ގަވާއިދާ ހިލާފަށް، ރަޖިސްޓްރީ ނުކޮށް ހިންގާ ގެސްޓްހައުސްތައް ހޯދުމަށް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލަން ޖެހޭ ގަވާއިދުތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން މިއަދު ވަނީ މަޖިލީހުގެ ގަވާއިދު ކޮމެޓީއަށް ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ރަޖިސްޓްރީ ނުކޮށް ހިންގާ ގެސްޓްހައުސްތައް ހޯދައި ގަވާއިދަށް ފައްތަން މަސައްކަތް ކުރަށްވާނެ ކަމަށެވެ.

ނަޒިމް ވިދާޅުވީ، އިންސްޕެކްޝަން ހިންގާނީ ފުލުހުންނާ ގުޅިގެން ކަމަށާއި އިންސްޕެކްޝަން ހިންގަން ނިންމާފައިވަނީ ކ.، އއ.، އދ. އަދި ވ. އަތޮޅުގައި ކަމަށެވެ. އަދި ސަލާމަތީ މިންގަނޑުތައް ފުރިހަމަތޯ ބަލާނެ ކަމަށެވެ.

އެފަދަ އިންސްޕެކްޝަނެއް ހިންގަން ނިންމީ ހުއްދަ ނުނަގާ ހިންގާ ގެސްޓްހައުސްތަކުގައި ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާތީ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިނިސްޓްރީ އޮފް ޓޫރިޒަމް ފަތުރުވެރިކަން

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ