ތިލަމާލެ ބްރިޖުގެ 46 އިންސައްތަ މަސައްކަތް ނިމިއްޖެ

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިލަމާލެ ބްރިޖުގެ މަޝްރޫއުގެ މަސައްކަތުގެ 46 އިންސައްތަ ނިމިއްްޖެ އެވެ.

އެކްސގައި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް ތޯއަމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ވިލިމާލެ ކައިރިން ފެށިގެން ބްރިޖްގެ ކަނޑުމަތީގެ ފުރަތަމަ ޕްރީކާސްޓް ޑެކްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު މި އަހަރުގެ އޮކްޓޯބަރ 15 ގެ ނިޔަލަށް މަޝްރޫޢުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ނިމިފައިވާ 28.70 އިންސައްތައާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ކުރީ ސަރުކާރުން ސޮއިކުރި މި މަޝްރޫޢަކީ ދިވެހި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ވަރުގަދަ ގުޅުން ދައްކުވައިދޭ މަޝްރޫޢެކެވެ. އަދި ކުރީ ސަރުކާރުގެ ދައުރު ނިމުނުއިރު މަޝްރޫޢުގެ 29 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މިހާރުގެ ސަރުކާރުން މަޝްރޫޢުގެ މަސައްކަތް އަވަސްކޮށްފައިވެ އެވެ. އެގޮތުން، މާލެއިން ގުޅިފަޅާ ހަމައަށް ގުޅާލުމުގެ މަސައްކަތް 31 މާރޗް 2026 ގެ ކުރިން ނިންމުމަށް ވަނީ ރޭވިފަ އެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އަމާޒު ކުރަނީ 2025 ގެ ނިޔަލަށް ނުވަތަ 2026 ގެ ކުރީކޮޅު މުޅި މަޝްރޫޢު ނިންމުމަށެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ތިލަމާލެ ބްރިޖް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ