މަސްތުވެގެން މަގުތަކުގައި އުޅޭ 47 މީހަކު ފަރުވާގެ ނިޒާމަށް ވައްދައިފި

Advertisement

Advertisement

އެންމެ ފަސް

Advertisement

މަސްތުވާތަކެތި ބޭނުންކުރާ މީހުން ފަރުވާގެ ނިޒާމަށް ވެއްދުމަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނުގެ ތެރެއިން މިހާތަނަށް 47 މީހުން ފަރުވާގެ ނިޒާމަށް ވައްދާފައިވާ ކަމަށް އެންޑީއޭގެ ޗެއަރ ޕަރސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މި އޮޕަރޭޝަން ރަސްމީކޮށް ފެށިފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް އެންޑީއޭގެ ޗެއަރޕާސަން ވިދާޅުވި އެވެ.

މި އޮޕަރޭޝަންގެ ދަށުން، މަގުމަތީ ސަލާންޖަހަން އުޅޭ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، ވައްކަމާއި ފޭރުމުގައި ހަރަކާތްތެރިވާ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، މަގުމަތީ މަސްތުގެ ހާލަތުގައި އުޅޭ މީހުންގެ އިތުރުން މިސްކިތްތަކުގައި ނިދާ މީހުންނާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ބަންދުކޮށް އެ މީހުންނަށް ބޭނުންވާ ފަރުވާ ދެވޭނެ ކަމަށް ލުބްނާ ވިދާޅުވި އެވެ.

ފަރުވާ ފޯރުކޮށްދިނުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމުގައި ވަރަށް މުހިންމު އަސާސީ ކަމެއްކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ އެންޑީއޭގެ ޓްރީޓްމެންޓް ހަރުދަނާކުރާއިރު ރިލެޕްސް ޕްރިވެންޝަން އަދި ރީއިންޓެގްރޭޝަން، އާފްޓަރކެއަރގެ އިތުރުން ޑްރަގް ޕްރިވެންޝަން މަސައްކަތްތައް ކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރައްވާނެ ކަމަށެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރުގެ ފެސިލިޓީތައް ކ. ހިންމަފުއްޓާއި ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކަމަށާއި، މި ސެންޓަރުތަކާއެކު ގިނަ ހައްލުތަކެއް ލިބެމުން އަންނަ ކަމަށް ލުބްނާ ވިދާޅުވި އެވެ. އަދި މުޖުތަމައުގައި މަސްތުވާތަކެތި ބޭނުންކޮށްގެން ކުށްކުރާ މީހުން ހުއްޓުވުމަކީ އަމާޒެއް ކަމަށާއި ރައީސް ޑރ. މުޢިއްޒުގެ މި ފަސް އަހަރު ދުވަހުގެ ތެރޭގައި މި މައްސަލައަށް ދާއިމީ ހައްލު ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށްވެސް ލުބްނާ ވިދާޅުވި އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ދިވެހި ފުލުހުންގެ ޚިދުމަތް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ