ދިވެހިރާއްޖެ ދެން ނުދަރާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުން ދިން ބާރާއެކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަށަވަރު ކުރައްވައިފިކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ އެޗްޑީސީން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ, ސޯޝަލް ހައުސިން އާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް އިފްތިތާހު ކުރުމަށް ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
ސައީދު ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދަށް 6.5 އިންސައްތައިގެ ކުރިއެރުމެއް އަންނާނެކަމަށް ވޯލްޑް ބޭންކުން އަންދާޒާ ކުރާ ކަމަށެވެ. އަދި ސައީދު ވަނީ އޭނާ ލަފާ ކުރައްވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު 6.8 ނުވަތަ 7 އިންސައްތައާ ގަތް ކުރާ ވަރަކަށް ކުރިއަރާނެކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގެ އިގްތިސޯދު އަންނަ އަހަރު އެހާ ބޮޑަށް ކުރިއަރާނެކަމަށް ލަފާ ކުރެވޭ ސަބަބެއްކަމަށް ސައީދު ވިދާޅުވީ އުމުރާނީ ބޮޑެތި މަޝްރޫތަކެއް ރާވާފައިވުމާއި ބޯހިޔާވަހިކަމުގެ އެތަށް މަޝްރޫއެއްވެސް ރާވާފައިވުމުން ކަމަށެވެ.
އުމްރާނީ ބޮޑެތި މަސައްކަތްތަކެއް، ބޯހިޔާވަހިކަމުގެ ރަން ޒަމާނެއް، 2 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ އެލޮކޭޝަން ބަޖެޓުގަ ގާއިމު ކުރެވިފަ ބޯހިޔާވަހިކަމަށް، ޕްރައިވެޓް ޕަބްލިކް ޕާޓްނަޝިޕްގެ ތެރެއިން އަންނަ ބޮޑެތި އިންވެސްޓްމެންޓްތަކާއި އަދި ފޮރިން އިންވެސްޓްމެންޓް ތަކާއި ފައިނޭންޝަލް ސެންޓަރު މި ރާއްޖޭގައި ގާއިމު ކުރުމާއި އެގްރިކަލްޝަރަލް އިކޮނޮމިކް ޒޯން މި ރާއްޖޭގައި ގާއިމު ކުރުމާއި އުތުރުގަ ބަނދަރު ހަދަން ފެށުން.
މީގެ އިތުރުންވެސް އުމްރާނީ އެތަށް ބިޔަ މަޝްރޫތަކެއް ރާއްޖޭގައި ފެށިގެން ދާއިރު ހަރަކާތްތެރި އިގްތިސޯދެއް މި ރާއްޖޭގައި އޮންނާނެކަމާ ދޭތެރޭގައި އެއްވެސް ބޭފުޅަކު ޝައްކު ނުކުރައްވާނެކަމަށް ސައީދު ވިދާޅުވި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހުޅުމާލެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު