މުސުމީ މައްސަލަތަކުގައި ލީޑަރޝިޕް ދައްކައިގެން ދިވެހިންގެ މުސްތަޤުބަލް ދިވެހިން އަމިއްލައަށް ކަނޑައަޅާނެ: ރައީސް

Advertisement

Advertisement

އެންމެ ފަސް

Advertisement

މުސުމީ މައްސަލަތަކުގައި ލީޑަރޝިޕް ދައްކައިގެން ދިވެހިރާއްޖޭގެ މުސްތަޤުބަލް ދިވެހިން އަމިއްލައަށް ކަނޑައަޅާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންޔޫއެންއެފްސީސީސީ)ގެ ދަށުން ބޭއްވުނު 29 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް29)ގެ އަރިމަތީގައި ޗައިނާގެ ޝަންޑޮންގ ޕްރޮވިންސްއިން އިންތިޒާމުކޮށްގެން ބޭއްވި ރަސްމިއްޔާތުގަ އެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެ އަދި އެހެން ނާޒުކު ޤައުމުތަކަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ޝިކާރައަކަށްވުމުގެ ބަދަލުގައި، ދެމެހެއްޓެނިވި މުސްތަޤުބަލެއް ހޯދުމަށް މަސައްކަތްކުރާ ހަރަކާތްތެރި ލީޑަރުންގެ ގޮތުގައި ތިބުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ އެއްބާރުލުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދުނިޔޭގެ ފެންވަރުގެ ފޯރަމްތަކުގައި ދިވެހިރާއްޖެ ބައިވެރިވުމަކީ ކުދި ޖަޒީރާ ޤައުމުތަކުން ދެމެހެއްޓެނިވި އަދި ދެމިހުންނަނިވި މުސްތަޤުބަލެއް އެކުލަވާލުމަށް މަސައްކަތްކުރާކަން ހަނދާންކޮށްދޭ ކަމެއްކަމަށް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ކުރިމަގަށް ވިސްނައިގެން ތަންފީޒުކުރެވޭ ލޯ-ކާބަން ސިޔާސަތުތަކުން މުހިންމު މަޢުލޫމާތުތަކެއް ލިބި، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާއިރު ދެމެހެއްޓެނިވި އަދި ދެމިހުންނަނިވި ގޮތެއްގައި ކުރިއަށްދިއުމަށް މަސައްކަތްކުރާ ދިވެހިރާއްޖެ އަދި އެހެނިހެން ޖަޒީރާ ޤައުމުތަކަށް މިސާލަކަށްވާނެކަމުގެ ޔަޤީންކަން ފާޅުކުރެއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަޅާ ފިޔަވަޅުތަކަކީ އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަމަށް ރައީސް ބާރުއަޅުއްވައި ވިދާޅުވެ، މޫސުމާ ގުޅޭ މާލީ އެހީގެ ލަނޑުދަނޑިއަށް އެއްބަސްވުމަށް ކޮޕް29 ގައި ބައިވެރިވާ ޤައުމުތަކަށް ގޮވާލެއްވި އެވެ.

މި ރަސްމިއްޔާތަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ސަމާލުކަން ހޯދުމަށް ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކޮޕް29

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ