ސޯޝަލް ހައުސިން އާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް އިފްތިތާހުކޮށްފި

Advertisement

Advertisement

އެންމެ ފަސް

Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ, ސޯޝަލް ހައުސިން އާއި ލަގްޒަރީ ވިލާތައް ހިމެނޭހެން 15 މަޝްރޫއެއް ރޭ އިފްތިތާހުކޮށްފި އެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި މި ރަސްމިއްޔާތުގައި ”ޓްރާންސްފޯމިންގް ޓުމޯރޯ: ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންސް ކީ ޕްރޮޖެކްޓްސް“ ލޯންޗުކޮށްދެއްވީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ.

މި ރަސްމިއްޔާތުގައި އިއުލާންކުރި މަޝްރޫއުތަކުގެ ތެރޭގައި:

  • ރަސްމާލެ ޕްރޮޖެކްޓު- ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީ
  • ރޯ ހައުސް- މޮޑާން ކަނެކްޓެޑް ހޯމްސް (ހުޅުމާލެ)
  • ސޯޝަލް ހައުސިން ޕްރޮޖެކްޓްސް (ހުޅުމާލެ)
  • މޮޑާން ޕްރީފެބް ހޯމްސް- އިނޮވޭޓިވް، ސަސްޓެއިނަބަލް ލިވިން (ހުޅުމާލެ)
  • ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިން (ހުޅުމާލެ)
  • އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން (ހުޅުމާލެ)
  • އެޗްޑީސީ ބިލްޑިންގް (ހުޅުމާލެ)
  • އެލްޑަލީ ކެއާ ފެސިލިޓީ (ހުޅުމާލެ)
  • ޕާކިން ބިލްޑިން- އިނޮވޭޓިވް ޕާކިން ސޮލިއުޝަން (ހުޅުމާލެ)
  • އައިލް އެޑްވެންޗާ ޕާކު (ހުޅުމާލެ)
  • ހިސްޓްރީ ސެންޓަރު (ހުޅުމާލެ)
  • ނޮލެޖް ޕާކް- އެޑިއުކޭޝަނަލް އިނޮވޭޝަން ސެންޓަރު (ހުޅުމާލެ)
  • ނޫވެލި- އައިލެންޑް ރިޓްރީޓް (ގަލުފަޅު)
  • ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް (ކުޑަގިރި ފަޅު)
  • ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް (ހުޅުމާލެ)
  • ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު (ހުޅުމާލެ)

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ، އައިލް އެޑްވެންޗާ ޕާކުގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަންއަށް މުހިންމު ތަމްރީނުތައް ދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ވެސް ސޮއިކޮށްފަ އެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު އަދި ސިޓީ ޑިވޮލަޕްމަންޓްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު ޑޭވިޑް ޕިއެރިސް އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ