ދައުލަތުގެ ބަޖެޓުން ފައިސާދޭނީ ވަކި ޝަރުތުތައް ހަމަވާ މީޑިއާތަކަށް އެކަނި: މިނިސްޓަރ އަސްވާޑް

Advertisement

Advertisement

އެންމެ ފަސް

Advertisement

ދައުލަތުގެ ބަޖެޓުން ފައިސާދޭނީ ވަކި ޝަރުތެއް ހަމަވާ މީޑިއާތަކަށް އެކަނި ކަމުގައި ޔޫތް މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ އިއްޔެ ”ޖަވިޔަނި“ އަށް ދެއްވި ހާއްސަ އިންޓަވިއުއެެއްގަ އެވެ.

މި އިންޓަވިއުގައި ވާހަކަދައްކަވަމުން ޔޫތް މިނިސްޓަރ ވިދާޅުވީ ކޮންމެ ކޮންމެ މީޑިއާކަށް ބަޖެޓުން ފައިސާ ދޭން ސަރުކާރުން ވިސްނާފައި ނުވާ ކަމަށެވެ. އަދި މިކަން ފަހިކުރުމަށް އޮންލައިން އަދި ޓީވީ ޗެނަލްތަަކުގެ އިސް ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވި އެވެ. މިިނިސްޓަރ ވިދާޅުވީ ދައުލަތުން ފައިސާ ދޭނީ ހަރަކާތްތެރިކަން ބޮޑު މީޑިއާތަކަށް ކަމަށެވެ.

މި އިންޓަވިއުގައި މިިނިސްޓަރ ވަނީ ބަޖެޓުން މީޑިއާތަކަށް ފައިސާ ދިނުމުގައި ބަލާ ވަކި ޝަރުތުތައް ވިދާޅުވެފަ އެވެ.

އޭގެ ތެރޭގައި ބަލާ ކަންކަމަކީ:

  • ރަޖިސްޓަރކޮށްފައިވާ މީޑިއާއަކަށްވުން
  • ޕޭރޯލްއަށް މުވައްޒަފުންނަށް ގަވާއިދުން މުސާރަދިނުން (ކުންފުނީގެ އެކައުންޓުން މުވައްޒަފުންގެ އެކައުންޓަށް މުސާރަ ގަވާއިދުން ޖަމާކުރުން)
  • މުވައްޒަފުން ޕެންޝަން ސްކީމްގައި ރަޖިސްޓާ ކޮށްފައި ހުންނަންވާނެ
  • އެ މީޑިއާއަށް ހާއްސަ އޮފީހެއް ހުރުން
  • މީޑިއާއިން ގެނެސްދޭ ކޮންޓެންޓް ރަނގަޅުވާންވާނެ
  • އެކަމަށް ހާއްސަ ލައިސެންސްއެއް ލިބިގެން މަދުވެގެން އެއް އަހަރު ދުވަހު ހަރަކާތްތެރިވެފައިވުން

މިނިސްޓަރ ވިދާޅުވީ މި މަސައްކަތުގެ އެންމެ ފުރަތަމަ ޑްރާފްޓް ތައްޔާރުކުރީ ޔޫތް މިނިސްޓްރީން ކަމަށެވެ. ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީހާއި މަޝްވަރާކުރުމަށްފަހު ރާއްޖޭގެ އޮންލައިން ނޫސްތަކުގެ ވެރިންނާއި ޓީވީތަކުގެ ވެރިންނާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބޭފުޅުންނާއިވެސް ބައްދަލުކުރެއްވި ކަމަށް މިނިސްޓަރ ހާމަކުރެއްވި އެވެ.

”އެންމެންނަށް އެއްބަސްވެވޭގޮތަށް އެ އޮތީ އެކަން ކަނޑައެޅިފަ. އެ މަސައްކަތް ކުރަމުން އެދަނީ ފިނޭންސްގެ ބަޖެޓް ތައްޔާރުކުރުމުގެ ތެރެއިން އެ ދަނީ ކުރިއަށް. އިރާދަކުރެއްވިއްޔާ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ފައިސާ ލިބޭނެ“

މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ރިޔާސީ ދައުރު ފެށުމަށްފަހު، ނޫސްވެރީންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ވަނީ ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ނޫސްވެރީން ދިން ހިޔާލުތަކާއި، ފާހަގަކުރި ކަންކަން ނޯޓުކުރެއްވި ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

އެއާއެކު، އެމަނިކުފާނު ވަނީ ނޫސްވެރީންގެ ހުށަހެޅުންތަކާއި އުންމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ތަކުރާރު ކުރައްވާފަ އެވެ.

މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ