3 ކޮމިޝަނެއްގެ ވެރިން ވަކި ކުރުމުގެ މައްސަލަ ކޮމިޓީއަށް

Advertisement

Advertisement

އެންމެ ފަސް

Advertisement

ތިން ކޮމިޝަނެއްގެ ވެރިން މަގާމުން ވަކި ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައިފި އެވެ.

ވަކި ކުރަން ހުށަހަޅާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސާއި މެންބަރަކާއި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނައިބު ރައީސާއި ދެ މެންބަރަކާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އެވެ.

ވަކި ކުރަން ހުށަހެޅި ބޭފުޅުން:

  • އޭސީސީގެ ނައިބު ރައީސް އަބްދުލް ސަލާމް
  • އޭސީސީގެ މެންބަރު ތޯހާ މުހައްމަދު
  • އީސީގެ ނައިބު ރައީސް އަލީ ނަޝާތު
  • އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރު
  • އީސީގެ މެންބަރު މުހައްމަދު އާސިފް
  • ސީއެސްސީގެ ރައީސް މުހައްމަދު ނާސިހް

މި މައްސަލަތައް މަޖިލީހުގެ މިއަދު ޖަލްސާއަށް ފޮނުވާފައިވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީންނެވެ. އެ ކޮމިޓީން ބުނެފައިވަނީ މި މެންބަރުންނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަތަކަށް ބެލުމަށް ފަހު މި މައްސަލަތަށް ދިރާސާ ކުރުމަށް ފެންނަކަމަށް އެ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މި މައްސަލަތައް ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.

 

ރައްޔިތުންގެ މަޖިލިސް އަބްދުއްރަހީމް އަބްދުﷲ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިލެކްޝަންސް ކޮމިޝަން (އީސީ) އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)

Advertisement

Advertisement

Leave a Reply

Your email address will not be published. Required fields are marked *

ހަބަރާއި ގުޅޭ